މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ ރައްތަކަށް ރީނދޫ ސަމާލު، އަދި ދެކުނުގެ ރަށްތަކަށް ހުދު ސަމާލު ނެރެފި އެވެެ.
މެޓް އޮފީހުން ބުނެފައި ވަނީ، މިރޭގެ20:00 އިން01:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ކަނޑުތައް ގަދަވެ، އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އެ ސަރަހައްދުތަކަށް މިރޭ ގަޑިއަކު25 މޭލާ30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
https://twitter.com/MetMaldives/status/1397928406071668747
މީގެ އިތުރުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭގެ20:00 އިން02:00 އަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނީ، އެ ސަރަހައްދުގެ ކަނޑުތައް ގަދަވެ، އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އެ ސަރަހައްދުތަކަށް މިރޭ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން، ފާއިތުވި ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވުމާއެކު ކަނޑުތައް ގަދަވެ، ވިއްސާރަކޮށްފައި ވެއެވެ.
އަދި މި ސަރަހައްދުގެ ކަނޑުބެ ބާނި ބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ރަށްތަކަށް އުދައިގެ އަސަރުކޮށް، އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް