ދުވާފަރު ބިން ހިއްކުމުގެ މަސައްކަތުގެ %60 ނިމިއްޖެ: އެމްޓީސީސީ

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ %60 ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ. މި މަޝްރޫޢުގައި 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގ...

27 May 2021 | 11:13

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ %60 ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫޢުގައި 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ. އަދި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢު ނިމޭއިރު ދުވާފަރުގެ 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލެވިގެން ދާނެއެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ހަލުވިމިނެއްގައި އެމްޓީސީސީން ކުރަމުން އެބަ ގެންދެެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ގައު އެތުރުމުގެ މަސައްކަތެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، ފެންހިންދާ ނިޒާމެއް ޤާއިމުކުރެވިގެން ދާނެއެވެ.

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 2021 ޖަނަވަރީ 27 ގައި ވަނީ އެ ރަށުގެ މަގުތަކުގައި ތާރުއަޅާ ނިމިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް