ރޭ އެކްސިޑެންޓު ވިއިރު ސައިކަލް ދުއްވަން އިން މީހާ އަދިވެސް ނުފެނޭ

ރޭ ގާޑިޔަލެއްގައި ޖެހި އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މިހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ. މި އެކްސިޑެންޓުގައި ފަހަތުގައި އިން މީހާ ވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި...

27 May 2021 | 10:08

ރޭ ގާޑިޔަލެއްގައި ޖެހި އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މިހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މި އެކްސިޑެންޓުގައި ފަހަތުގައި އިން މީހާ ވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ. މަރުވެފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 10:00 ހާއިރު އެވެ. އެކްސިޑެންޓު ހިނގީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ސައިކަލް ޖެހިގެން ނެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގަ އެމީހާ މަރުވީ ގާޑިޔާގެ އަތްގަނޑު އޭނާގެ ކަރަށް ހެރިގެން ކަމަށް ބެލެވެެ އެވެ. އެކްސިޑެންޓަށް ފަހު އޭނާ އެތަނުގައި އިށީނދެގެން އިނުމައްފަހު ތެދުވާތަން ފެންނަ އިރު އިރުކޮޅަކުން އޭނާ ބިންމައްޗަށް ވެއްޓެނީ އެވެ.

ކައިރީގައި ތިބި މީހުން އެކެއްގެ ޓީޝާޓު ބާލައި އޭނާގެ ކަރުގައި އޮޅައިގެން ލޭ މަނާ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ބިންމަތީގައި ލޭގެ ކޯރެއް ހެދޭތަން ފެނެ އެވެ. އެމްބިއުލާންސް ގޮސްފައި ވަނީ އޭގެ ފަހުންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް