އާ އިންޓަނެޓް ސިޔާސަތުގައި އެބަސްވި ގޮތަށް ހިދުމަތް ނުދޭ ކުންފުނިތައް ޖޫރިމަނާ ކުރާނެ

ސަރުކާރުން އިއުލާނު ކުރި އިންޓަނެޓްގެ ހެޔޮ އަގުތަކާއި އެއްގޮތަށް ހިދުމަތް ނުދޭ އަދި އިންޓަނެޓްގެ ސްޕީޑު ނުހިފހައްޓާ ކުންފުނިތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑި...

27 May 2021 | 08:29

ސަރުކާރުން އިއުލާނު ކުރި އިންޓަނެޓްގެ ހެޔޮ އަގުތަކާއި އެއްގޮތަށް ހިދުމަތް ނުދޭ އަދި އިންޓަނެޓްގެ ސްޕީޑު ނުހިފހައްޓާ ކުންފުނިތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން މިއަދު ބުނެފި އެވެ.

"ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން މިއަދު ވަނީ އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާނުކޮށްފަ އެވެ. އެ އަގުތަކުގައި އިންޓަނެޓް ލިބެން ފަށާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.

އެ ރަސްމިއްޔާޓުގައި  ކޭމްގެ ދައުރާ ގުޅޭގޮތުން އެ އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ (އައިއެސްޕީ) ވިޔަފާރިތަކުން ކަނޑައަޅާފައިވާ އަގުތަކާއި ސްޕީޑްތައް ހިފަހައްޓާތޯ ބަލަމުން ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން މި ގެނައި ހެޔޮ ބަދަލުގެ މަންފާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި އަމަލު ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޖުލައި މަހުން ފެށިގެން ރާއްޖޭގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ދޫކުރެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. ޑޭޓާ އެލަވަންސް ހުސްވެގެން ތްރޮޓްލް ކުރި ނަމަވެސް، މި ސްޕީޑަށް ވުރެ ދަށް ކުރުމަކީ މަނާ ކަމެކެވެ.

އަދި މޮބައިދެ ވަނަ ފޭސްގައި، އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ވެސް ބަދަލު ގެންނާނެ އެވެ. އެގޮތުން މޯބައިލް ބްރޯޑްބޭންޑް ބޫސްޓާ ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް 20-30 ޕަސެންޓަށް އަގު ހެޔޮ ކުރާނެ އެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހި މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިވައުދު ފުއްދުން ލަސްވާތީ ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް