މާލޭ ޑަބްލިޔުޑީސީގެ މެމްބަރުން އެޗްއީއޯސީގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރަން ފަށައިފި

މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރަން ފަށައިފި އެވެ. ކޯވިޑް ކޮންޓްރޯލް ކުރުމަށް ސ...

27 May 2021 | 07:52

މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރަން ފަށައިފި އެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ނެރުމާއި ދެވިދާނެ އެހީތެރިކަމާއި ގުޅޭގޮތުން މިދިޔަ ހަފްތާގައި އެޗްއީއޯސީ އާއި ސިޓީ ކައުންސިލް އާއި ދެމެދު ވަނީ މަޝްވަރާ ކޮށްފައި އެވެ. އަދި އެ ބައްދަލުވުމުގައި މުވައްޒަފުން އެޗްއީއޯސީގެ މަސައްކަތަށް ނެރުމަށް އެއްބަސްވުމަށް އާދެވޮފައިވެ އެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދުން ފެށިގެން މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ މެމްބަރުން އެޗްއީއޯސީގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

https://twitter.com/MMuizzu/status/1397634884349222912

އެޗްއީއޯސީން ވަނީ މީގެ ކުރިން ސިވިލް ސާވަންޓުންނާއި އިތުރު ސިފައިން ކޯވިޑް ކޮންޓްރޯލް ކުރުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނަނާއި ގުޅުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން މިހާޜު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯލް ސެންޓަރުގެ ހިދުމަތް ދެމުންނެވެ.

އެ މުވައްޒަފުންގެ މަސައްކަތަކަށް ވާނީ އެތަނުގައި ތިބި ކޯވިޑް ބެލި މީހުންގެ ހާލު އާއިލާތަކުން ގުޅުމުން ކިޔައި ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް