ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު 150 އަށް

ރާއްޖެއިން ކޯވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 7:55 ގައި އެވެ. އެމީހާ އަކީ އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ފަރުވ...

27 May 2021 | 07:00

ރާއްޖެއިން ކޯވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 7:55 ގައި އެވެ.

އެމީހާ އަކީ އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ފަރުވާ ދިނުމަށް ގެންދެވުނު މީހެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ދެވަނަ މީހާއެވެ. ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ދެވަނައަށް ކޯވިޑްގައި މަރުވި މިހާ އަކީ ރާއްޖެއިން ކޯވިޑް ބަލީގައި މަރުވި 150 ވަނަ މީހާ އެވެ. އަދި މިމަހުގެ މިހާތަނަށް 70 އަށްވިރެ ގިނަ މީހުން ކޯވިޑް ޖެހިގެން މަރުވެފައިވެ އެވެ.

އިއްޔެ ކޯވިޑްގައި މަރުވެފައިވަނީ ހަތަރު މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 59،644 މީހުންނެވެ. އޭގެ ތެރެއިން 24،867 މީހުންނަށް ކޯވިޑަށް ދަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 34،621 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް