ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 2:41 ގައި އެވެ.
އެމީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.
މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވި 149 މީހާ އެވެ. އަދި މިއަދުގެ މިހާތަނަށް ކޯވިޑްގައި މަރުވި ފުރަތަމަ މިހާ އެވެ.
އިިއްޔެ ކޯވިޑް ކިހިގެން ހަތަރު މީހަކު މަރުވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 59،644 މީހުންނެވެ. އޭގެ ތެރެއިން 24،867 މީހުންނަށް ކޯވިޑަށް ދަނީ ފަރުވާ ދެމުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 34،621 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް