މައްޗަންގޯޅި ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

މއ. މޯނިންގް ވިއު ތިން ވަނަ ފަންގިފިލާގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ކަމުގެ ރިޕޯޓު ފަޔާ އެންޑް ރެސްކިއު އަށް ކޮށްފައިވަނީ ރޭ ފަތިހު 5:00 ގައި...

27 May 2021 | 02:29

މއ. މޯނިންގް ވިއު ތިން ވަނަ ފަންގިފިލާގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ކަމުގެ ރިޕޯޓު ފަޔާ އެންޑް ރެސްކިއު އަށް ކޮށްފައިވަނީ ރޭ ފަތިހު 5:00 ގައި އެވެ.

އެ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 6:03 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަލިފާން ރޯވުމުގެ ސަބަބަބުން އެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއްހެން ހަލާކުވެފައި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވި އިރު އެ ގޭގައި ތިން މީހުން ތިބި ކަމަށެވެ. އަދި އެ ވަގުތު ސަލާމަތް ވުމަށް ގެއިން ބޭރަށް ނުކުންނަން ކުރި މަސައްކަތްތަކުގެ ތެރޭގައި ތިން މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގޭގައި އަލިފާން ރޯވުމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެ ގެއާއި އެންމެ ޖެހިގެން ހުރި ގެއިން މީހުން ހުސްކުރި ކަމަށެވެ. އަދި މިހާރު ފުލުހުން ދަނީ އެމީހުން ގެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންކަމަށް އާޒިމް ވިދާޅުވި އެވެ.

ރޯވި އިމާރާތަކީ ހަތަރުބުރި އަށް، ލަކުޑިން ޑެކް އަޅައިގެން ހަދާފައިވާ ގެއެކެވެ. ހާދިސާ ހިނގި ތަނުގައި ސިފައިން މީޑިއާއާ ވާހަކަ ދައްކަމުން ބުނީ ރޯވި ބައިގެ އިތުރުން މުޅި ގެޔަށް ވެސް އަލިފާނުގެ ހޫނުގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށެވެ.

އެމްއެންޑީެފުން ދަނީ އަލިފާން ރޯވުމުގެ ސަބަބުން ގެއަށް ލިބުނު ގެއްލުންތައް ދެނެގަންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް