އިންޓަނެޓް އަގުހެޔޮކުރާ ވަގުތު ކުޑަތަންވަނީ!

އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު، މިއަދު 10 ޖަހާއިރު އިޢުލާނުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކްއަޒީޒް ވިދާޅުވެފައިވެއެވެ. https://twitter.com/MvSpoke...

26 May 2021 | 20:23

އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު، މިއަދު 10 ޖަހާއިރު އިޢުލާނުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކްއަޒީޒް ވިދާޅުވެފައިވެއެވެ.

https://twitter.com/MvSpokesperson/status/1397083697694707717

އިންޓަނެޓް އަގުހެޔޮ ކުރާ ވާހަކައަކީ ކީގެ ކުރިންވެސް އެތައް ފަހަރެއްގެމަތިން ދެކެވިފައިވާ ވާހަކައެކެވެ. ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ބޭރު ކުރީ މާރޗް މަހުގެ އެއް ވަނަ ދުވަހު އެވެ. މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް އެމްޑީޕީ މެމްބަރުން ހުށަހެޅީ އިންޓަނެޓް އަގު ހެޔޮ ނުކުރުމާއި ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ދެ އަހަރުވީއިރުވެސް ނަހަދާ ހުރި ކަމަށް ބުނެ އެވެ.

މަހީލު މަޤާމުން ވަކިކުރުމަށްފަހު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ވިދާޅުވީ، އިންޓަރނެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތްް ކުރާ ކަމަށެވެ. ޝައުނާ މިހެން ވިދާޅުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

އޭގެ ފަހުން، އިންޓަނެޓްގެ އަގަށް އައި ހެޔޮ ބަދަލު އިއުލާނު ކުރައްވާނެ ކަމުގެ ސިގްނަލެއް ލިބިގެންދިޔައެވެ. އަދި މި މަހުގެ24 ވަނަ ދުވަހު އިއުލާނުކުރަން އޮތް އޮތުން ބަދަލުވެ، މިއަދުގެ10:00 ގައި އިންޓަނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު ބަޔާންކުރައްވާނެކަމަށް ވިދާޅުވެފައި ވެއެވެ. ކޮންމެއަކަސް އެ ވަގުތު މިހާރު މިވަނީ ނުލާހިކު ގާތްވެފައެވެ.

https://twitter.com/YoosufShaah/status/1397648991538405378

ސަރުކާރުން އިންޓަނެޓުގެ އަގަށް ބަދަލު ގެނައުމާއެކު އެވްރެޖުކޮށް ޖީބީއެއްގެ އަގު 5 ރުފިޔާއަށް ވެއްޓިގެން ދާނެ އެވެ. އެއީ އެވްރެޖުކޮށް މިހާރު އިންޓަނެޓު ހުރި ވަރަށް ވުރެ 20 އިންސައްތަ ހެޔޮ އަގެކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 25 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތަކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ވަނީ އޮޕަރޭޓަރުންނާ ހިއްސާކޮށްފަ އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރުއޯއެލް އިންނެވެ. އިންޓަނެޓުގެ އަގު ހެޔޮ ނުވުމުގެ މައްސަލާގައި ސަރުކާރަށް ގިނަ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް