ހިޔާ ފްލެޓު ލިބުނު މީހުންނަށް ހާއްސަކޮށް އެޗްޑީސީން 'ވައިބާ ޗެނަލް' އެއް ތަޢާރަފް ކުރަނީ

ހިޔާ މަޝްރޫޢަށް ހާއްސަ ރަސްމީ 'ވައިބަރ ޗެނަލް' އެއް ތަޢާރަފް ކުރަން ނިންމާފައިވާ ކަމަށް ހައުސިންގް ޑިވިލޮޕްްމަންޓް ކޯޕަރޭޝަން (އެޗްޑީއީ) އިން ބުނެފިއެވެ. އެޗްޑީސީން ބުނީ މިފަދަ ޗެނަލެއް ހަދަން ނިންމީ ...

26 May 2021 | 19:24

ހިޔާ މަޝްރޫޢަށް ހާއްސަ ރަސްމީ 'ވައިބަރ ޗެނަލް' އެއް ތަޢާރަފް ކުރަން ނިންމާފައިވާ ކަމަށް ހައުސިންގް ޑިވިލޮޕްްމަންޓް ކޯޕަރޭޝަން (އެޗްޑީއީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިފަދަ ޗެނަލެއް ހަދަން ނިންމީ ކޯވިޑްގެ މި ހާލަތުގައި ފްލެޓު ލިބުނު ފަރާތްތަކަށް ބޭނުންވާ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ދަތިތަތަކާއި ކުރިމަތިވެފައިވާތީ އެވެ.

އެޗްޑީސީއިން ބުނެފައި ވަނީ، ވައިބަރ ޗެނަލްއެއް ތަޢާރަފްކުރަން ނިންމާފައި ވަނީ، ދެފުށް ފެންނަ ގޮތެއްގައި ޕްލެޓްތަކާ ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ޗެނަލް މެދުވެރިކޮށް ފްލެޓު ލިބުނު ފަރާތްތަކަށް ދޭން ބޭނުންވާ އެންމެ ފަހުގެ މައުލޫމާތުތައް ދޭނެ ކަމަށެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން އެމީހަކަށް ލިބުނު ފްލެޓުތު ވަކިން ގެންގޮސް ދެއްކުމަކީ ދަތިތަކެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އެހެންވެ އެ ކުންފުނިން ވަނީ އެމީހަލަށް ލިބުނު ފްލެޓާއި ފްލެޓުގެ އެތެރެ އާއި ސައިޒު ހިމެނޭ މައުލޫމާތާއި ފޮޓޯތައް ވެބްސައިޓު މެދުވެރިކޮށް ބެލޭނެ ގޮތް ހަމަޖައްސާފަ އެވެ.

ހިޔާ ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކަން ނުޖެހޭގޮތަށް ހަމަޖައްސާފައި ވީ ނަމަވެސް، ޑައުންޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދޭނެކަމަށް އެޗްޑީސީއިން ބުނެއެވެ.

ޑައުންޕޭމަންޓްގެ ގޮތުގައި ދައްކާ ފައިސާއިން، ފްލެޓަށް ދައްކަންޖެހޭވަރު އުނިކޮށް، އެ އަގާއެއްގޮތަށް މަހުކުލި ބަހާލުމަށް ހަމަޖެހިފައިވެއެވެ.

ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ނިންމަން މަހަކު 7500 ރުފިޔާގެ މަގުން 25 އަހަރު ދުވަހަށް ބަހާލައިގެން ކަމަށެވެ. މީގެ އިތުރުން ފްލެޓް މެނޭޖް ކުރުމުގެ ފީއެއްގެ ގޮތުގައި މަހަކު 1000 ރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ.

ނަމަވެސް ފްލެޓެއް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އެޗްޑީސީއިން ފަހިކޮށްދޭގޮތަށް ހަމަޖެހިފައިވެއެވެ.

ފުލެޓް އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން ބުނެއެވެ. އެ މުއްދަތަކީ ފުލެޓުގެ ފިނިޝިންގެ މަސައްކަތް ކުރުމަށް ދޭ މުއްދަތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް