އުުތުރުގެ ހުރިހާ އަތޮޅެއް އަދި ދެކުނުގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ އުތުރުގެ ހުރިހާ އަތޮޅެއްގެ އިތުރުން ދެކުނުގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ...

27 May 2018 | 17:07

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ އުތުރުގެ ހުރިހާ އަތޮޅެއްގެ އިތުރުން ދެކުނުގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ އިދާރާއިން ބުނީ މިރޭ 10:00 ން މެންދަމު 1:00 އަށް އެ ސަރަހައްދުތަކުގެ މޫސުން ވަރަށް ގޯސް ވާނެ ކަމަށެވެ.

އެގޮތުން އާދައިގެ ވަރަކަށް ވާރޭވެހުނު ކަމަށްވިޔަސް އާންމު ގޮތެއްގައި 30 މޭލާއި 40 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ އެވެ.

މެޓް އޮފީހުން ބުނީ މިރެއާ މާދަމާވެސް ރާއްޖޭގެ ހުރިހާ ކަނޑުތަކެއް ގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ވިލާގަނޑުގައި ވައި ގަދަވާނެތީ އާންމު ދިރިއުޅުމުގައި އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.

ޔެލޯ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ރައްކާތެރިވުމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް