ކެބިން ކުރޫ އާއި ޒުވާބު ކުރި މީހުންނަށް ކޯޓުން އަދަބު ދީފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭގައި ކެބިން ކްރޫއަކާއި ޒުވާބުކޮށް އިންޒާރުދިން މައްސަލައިގަ ހައްޔަރު ކުރި މީހުންނަށް ލ. އަތޮޅު މެޖިސްޓްރޭޓް ކޯޓުން އަދަބު ދީފި އެވެ. މި ހާދިސާ ހިނގާފަ...

27 May 2018 | 07:58

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭގައި ކެބިން ކްރޫއަކާއި ޒުވާބުކޮށް އިންޒާރުދިން މައްސަލައިގަ ހައްޔަރު ކުރި މީހުންނަށް ލ. އަތޮޅު މެޖިސްޓްރޭޓް ކޯޓުން އަދަބު ދީފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ މާލެ އިން ކައްދޫ-ކޫއްޑޫ އަށް ދިޔަ ފްލައިޓު ތެރޭގައި އެވެ.

އެ މައްސަލައިގަ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ހައްޔަރުކޮށް މުއްދަތު ޖަހަން ކޯޓަށް ގެންދިޔައީ ތިން މީހުންނެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެ ތިން މީހުން މުއްދަތު ޖަހަން ގެންދިއުމުން ޝަރުތު ތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށެވެ.

ކޯޓުން އެ ތިން މީހުންނަށް ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހަ މަސް ދުވަސް ވަންދެން މޯލްޑިވިއަންގެ އެއްވެސް ފްލައިޓަކަށް އެރުން މަނާ ކުރުމާއި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމެވެ.

ފުލުހުން ބުނީ ޝަރުތުތަކަކާއި އެކު އެމީހުން ދޫކޮށްލިޔަސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައި މިހާތަނަށް މޯލްޑިވިއަން އިން އެއްޗެއް ނުބުނެ އެވެ.

މިފަދަ ޝަރުތެއް ކުރި އިރު ކައްދޫއަށް ވައިގެ މަގުން ދަތުރު ކުރަނީ ހަމައެކަނި މޯލްޑިވިއަން އެވެ. ލ. އަތޮޅުން ގިނަ ބަޔަކު މޯލްޑިވިއަންގައި ދަތުރު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް