މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މިމަހުގެ 31 ށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ބުނީ އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އެގޮތުން ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވުމަށް އެދޭ ކަމަށެވެ.
މި އިނާމު މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުންނެވެ.
އެއީ ޕީއެޗްޑީ ހާސިލް ކުރުމުގައި ފާހަގަ ކުރެވޭ ކާމިޔާބީއެއް ހޯދާފައިވުމާއި، މަތީ ތައުލީމާއި ތަމްރީން ކޯހަކުން އެންމެ މަތީ ވަނަ ހޯދާފައިވާ ފަރާތަކަކެވެ. އަދި ބައިނަލް އަގުވާމީ މަރުކަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދުމުގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލު ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް ނުވަތަ އިލްމީ ދިރާސާއެއްކޮށް އެކަމުން ފާހަގަ ކުރެވޭ ކާމިޔާބެއް ހާސިލްކޮށްފައިވުމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދޭނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް