ސަމާލުވޭ، 50 މޭލަށް ވައިގަދަވެ، ހުރިހާ ހިސާބަކަށް ކަނޑު ގަދަވާނެ

ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ ކުރިޔަށް އޮތް 24 ގަޑި އިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަދަ ވަޔާއި އެކު ވާރޭވެހި، ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. އެ އިދ...

27 May 2018 | 05:38

ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ ކުރިޔަށް އޮތް 24 ގަޑި އިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަދަ ވަޔާއި އެކު ވާރޭވެހި، ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

އެ އިދާރާއިން މިއަދު ބުނީ އާންމުގޮތެއްގައި އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ ހިސާބުތަކަށް 12 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށެވެ.

އެކަމަކު ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސް ކުރެ އެވެ. އެ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.  އަދި ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމު ދިރިއުޅުމުގައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. ކަނޑު ގަދަވާނެތީ މޫސުމަށް ބެލުމަށް ފަހު ނޫނީ ދަތުރުފަތުރު ނުކުރުމަށް އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް