ޖަމްޢިއްޔަތުއްސަލަފުގެ 'ދަލާއިލް' މިއަދު ޢަޞްރު ނަމާދަށް ފަހު

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ސިލްސިލާ ދަރުސް ޕްރޮގްރާމު މިފަހަރުވެސް އިންޝާﷲ އޮންނާނެ އެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދ...

27 May 2017 | 09:00

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ސިލްސިލާ ދަރުސް ޕްރޮގްރާމު މިފަހަރުވެސް އިންޝާﷲ އޮންނާނެ އެވެ.

ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށް ފަހު ފުރުޤާން މިސްކިތުގައި ކުރިއަށް ގެންދާ ޕްރޮގްރާމަށް މިފަހަރު ދީފައިވާ ނަމަކީ 'ދަލާއިލް' އެވެ. މިފަހަރުގެ ޕްރޮގްރާމް ޚާއްޞަކޮށްލާފައިވާ މައިގަނޑު މަޢުޟޫއަކީ މިއުއްމަތުގެ ނަބިއްޔާގެ ތެދުވެރިކަމެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ގިނަގުނަ ޙާދިޘާތަކެއް ބަޔާންކޮށްދެއްވުމަށްޓަކައި ރާއްޖޭގެ އެތައް ޢިލްމުވެރިންނެއް މިފަހަރުވެސްވަނީ މިރޮގްރާމުގައި ބައިވެރިވެވަޑައިގެންފައެވެ.

ދަލާއިލްގެ ފުރަތަމަ ޕްރޮގްރާމް މިއަދު އޮންނައިރު މިއަދު ވާހަކަފުޅުދައްކަވާނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އެވެ. މިދަރުސްތައް ޕީ.އެސް.އެމް ގެ ދީނީ އަޑު، ވީ.އެފް.އެމް އަދި ރޭޑިޔޯ ސަލަފް އިން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް