ބޭނުންވާނެ ތަކެތި
- 500 ގުރާމް ބާސްމަތީ ހަނޑޫ
- 1 ކުކުޅު (ކޮށާފައި)
- 5 ކަރަންފޫ (ބޯނަގާފައި)
- 4 ޓޮމާޓޯ (ހަތަރެސްކަނަށް ކޮށާފައި)
- 2 ކެރެޓް (ކައްޗައް ފޮތިކޮށްފައި)
- 5 ކާފޫރުތޮޅި (ދެކޮޅު ބުރިކޮށްފައި)
- 2 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު އެއްކޮށް (ޗިސްކޮށްފައިހުރި)
- 2 ޕެކެޓް ހިކި މޭބިސްކަދުރު
- 400 ގުރާމް ފިޔާ (ކޮށާފައި)
- 2 އިންޗި ފޮނިތޮށިކޮޅެއް (3 ބުރި ކޮށްފައި)
- 25 ގުރާމް ކޮތަނބިރިފަތް
- 1 ޖޯޑް ކެޖޫނަޓް
- 1 މޭޒުމަތީ ސަމުސާ މުގުރި ދިރި
- 1 ގިތެޔޮ މިރުސް (ކޮށާފައި)
- 2 ރޯމިރުސް (ފަޅިފަޅިކޮށްފައި)
- 1 ސައި ސަމުސާ މުގުރި އަސޭމިރުސް
- 1 ސައި ސަމުސާ ރީނދޫއޮރެންޖް ކުލަކޮޅެއް
- 100 ގުރާމް ބަޓަރުލޮނުކޮޅެއް
- 4 ކެޕްސިކަމް (ކަރުގަނޑު ނަގާ ވައްފޮއްޗަށް ކޮށާފައި)
- 2 މޭޒުމަތީ ސަމުސާ ފިނިފެން
ހައްދަވާނެގޮތް
ހަނޑޫކޮޅު ދޮވެފައި 2 ކާފޫރުތޮޅި 2 ކަރަންފޫ 1 އިންޗީގެ ފޮނިތޮށިކޮޅާއި ލޮނުކޮޅެއް ލައިގެން ބަތްކައްކަން އުދާލާށެވެ. ތަވައެއް އުނދުންމައްޗަށް އުދާލާފައި ބަޓަރުކޮޅު އަޅާލާށެވެ. ދިޔާވީމާ ފިޔާ، މިރުސް، ހިކިމޭބިސްކަދުރު، ކެޕްސިކަމް، ކެޖޫނަޓް، ފޮނިތޮށިކާފޫރުތޮޅި، ކެރެޓް، ކަރަންފޫ އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމާ ކުކުޅުމަސް އިނގުރުލޮނުމެދު، ދިރިއަސޭމިރުސް، ލޮނު، ރީނދޫ އެއްކޮށްފައި މަސްމަޑުވަންދެން މަތިޖަހައިގެން ކައްކާށެވެ. މަޑުނުވަނީސް ހިކޭނަމަ ފެންފޮދެއް އަޅާށެވެ. ބަތްކޮޅު ދެބައިކުޅައެއްބަޔަށް ރޯފިލުމުން މަސް، ބަތްތަވާގެތެރެއަށް އަޅާފައި ގިނިމަޑުކޮށްފައި މަތިޖަހާލާށެވެ. ދެން ފެން ހިނދެން ފެށުމުން ފިނިފެން ފޮދެއްގައި ކުޑަ ކުލަކޮޅެއް ގިރުވާލާފައި ބަތްތަވާގެ މައްޗަށް ބުރުވާލާފައި ކޮތަނބިރިފަތްވެސް ބުރުވާލާފައި އެއްކޮށް ހިނދެންދެން ބަހައްޓާށެވެ.
ދުވަހުގެ ރެސިޕީ ސެގްމެންޓަކީ ކާނާ.އައިއޯ އާއި ގުޅިގެން ކުރިއަށް ގެންދެވޭ ސެގްމެންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް