ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދޭ ރެސްޓޯރެންޓަކީ މާލޭގައި ހުންނަ މަޝްހޫރު ރެސްޓޯރެންޓެއް ކަމުގައިވާ ޗައިނާ ގާޑަން އެވެ.
ޗައިނާ ގާޑަން އިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުކޮށްފައިވާ މެނޫއަށް ނަޒަރު ހިންގާލާއިރު އާދީއްތަ ދުވަހުގެ މެނޫގައި ބުއިމުގެ ގޮތުގައި އަނބު ޖޫހާއި އައިސް ކޮފީ ހިމަނާފައިވާއިރު މެއިން ޑިޝްގެ ގޮތުގައި ނާސި ގޮރެންގް އާއި ވެޖް ނޫޑުލީހާއި ޑައިސްޑް ޗިކަން އެންޑް ޑްރައިޑް ރެޑް ޗިލީ އަދި ޕެޕަރ ބީފް ހިމަނާފައި ވެ އެވެ.
ހޯމަ ދުވަހު ބުއިމުގެ ގޮތުގައި ފަލޫދާ އާއި ފަޅޯފަނި ހިމަނާފައިވާއިރު ޗިކަން ނޫޑުލީހާއި ސިންގަޕޯރ ސްޓައިލް ޗިކަން ހިމަނާފައި ވެ އެވެ. ހަފްތާގެ ހަތް ދުވަހަށް ހަތް މެނޫ ހާއްސަ ކޮށްފައިވާއިރު ކޮންމެ ދުވަހަކުވެސް މެނޫގައި ދެ ވައްތަރެއްގެ ފޮނި ކާތަކެތި ހިމަނާފައި ވެ އެވެ.
ދުވަހުގެ ކިޔުންތެރީން މި ޕޯސްޓް ޝެއަރ ކޮށްގެން ދެ ބޭފުޅަކަށް ޗައިނާ ގާޑަން އިން ރޯދަވީއްލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. ޕޯސްޓް ޝެއަރ ކުރާން ވާނީ ޕްރައިވެސީ ޕަބްލިކަށެވެ. ގުރުއަތުގައި ބައިވެރި ކުރެވޭނީ މިރޭ 12:00 އާއި ހަމައަށް ޝެއަރ ކުރާ ފަރާތްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް