ޑޮކްޓަރ އާރ. އެލް. މެލްމާ އަކީ އެންްރޮޕޮލޮޖީގެ މާހިރެއްގެ ގޮތުންނާއި، ފޮތް ލިޔުއްވާ ލިޔުންތެރިއެއްގެ ގޮތުން ޔޫރަޕްގެ ޢިލްމީ ސޮސައިޓީގައި ރީތި ނަމާއި މަޝްހޫރުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އެމްސްޓެޑަމްގެ ޓްރޮޕިކަލް މިއުޒިއަމްގެ އިސްލާމީ ޑިޕާޓްމަންޓްގެ ވެރިކަން ކުރެއްވި ބޭފުޅެކެވެ.
އިސްލާމްދީނުން އަޅުގަނޑަށް ރީތިވީ ކޮން ކަމެއް ހެއްޔެވެ؟ އެ އަަޤީދާގެ މައްޗަށް އަޅުގަނޑުގެ ހިތް ލަންބުވާލި ޖާޒުބިއްޔަަތަކީ ކޮބައިހެއްޔެވެ؟ މިއީ މިއަދު އަޅުގަނޑު ޖަވާބުވޭން ޖެހިިފައިވާ ދެ ސުވާލެވެ.
އަޅުގަނޑު، އިރުމަތީ ޤައުމުތަކުގެ ބަސްތައް ކިޔަވަންފެށީ 1919މ. ވަނަ އަހަރު، ހޮލެންޑުގެ ލެއިޑްން ޔުނިވަރސިޓީ އިންނެވެ. މަޝްހޫޫރު އޮރިއެންޓަލިސްޓް އަދި ޢަރަަބި ބަހުގެ މާހިރު، ޕްރޮފެސަރ ސްނައުކްހެގެރުންޖްގެ ލެކްޗަރތަަކުގައި އަޅުގަނޑު ޤަވާޢިދުން ބައިވެރިވަމުން ގެންދިޔައީމެވެ. އަޅުގަނޑަށް ޢަރަބި ބަހުގެ ތެރެއަށް ވަދެވުނު މިންވަަރު ބަޔާންކޮށްދިނުމަށްޓަކައި، ކީރިތި ޤުރުއާން ތަފްސީރެއް ކަމުގައިވާ "އަލްބައިޟާވީ" އާއި، އަލްއިމާމް ޣަޒާލީގެ ފޮތެއް އެދުވަސްވަރު އަޅުގަނޑު ތަރުޖަމާކުރި ވާހަކަ ދަންނަަވާލަމެވެ.
އޭރު ޔޫރަޕްގައި އާދަވެފައި އޮންނަ ފަދައިން އިސްލާމީ ތާރީޚާއި އިސްލާމީ އިދާރާތަކާބެހޭ ހުރިހާ މައުލޫމާތުތަކެއް އަޅުގަނޑު ހޯދީ ޔޫރަޕްގައި ޝާއިޢު ކުރެވިފައިހުރި ފޮތްފޮތުންނެވެ.
1921 ގައި، އަޅުގަނޑު މިޞްރަށް ދިޔައީމެވެ. މިޞްރުގައި އެއްމަސްދުވަހު ހުރެ، އަލްޖާމިޢުލް އަޒްހަރު ރަނގަޅަށް މުޠާލިޢާ ކުރީމެވެ. ޢަރަބިބަަހުގެ އިތުރަށް، ސަންސްކްރިޕްތްބަހާއި، މެލޭބަހާއި، ޖާވީބަސް އަޅުގަނޑު ވަނީ ރަނގަޅަށް ދަސްކޮށްފައެވެ.
ހޮލެންޑުގެ އިސްތިޢުމާރުގެ ދަށުގައިވާ ޖަޒާއިރު ޝަރުޤުލް ހިންދަން (މިހާރުގެ އިންޑޮނޭޝީޔާ) 1927 ގައި އަޅުގަނޑު ހިނގައްޖައީމެވެ. ޖޮގު ޖަކާޓާ ގެ މަތީ ތަޢުލީމުދޭ ޚާއްޞަ އިދާރާއެއްގައި ޖާވީބަހާއި އިންޑިޔާގެ ޘަޤާފަތުގެ ތާރީޚު ކިޔަވައިދޭން ފަށައިފީމެވެ. ވިދގެން އައި ފަނަރަ އަހަރުގެ ތެރޭގައި އަޅުގަނޑު ޖާވީބަހާއި ޘަޤާފަތުގެ މުސްކުޅި ގޮފިތަކާއި، ޒަމާނީ ގޮފިތަކުން ސްޕޭޝަލައިޒް ވެއްޖައީމެވެ. އިސްލާމީ ޢިލްމުތަކާ އެދުވަސްވަރު އަޅުގަނޑާ ގުޅުންހުރީ ހަމައެކަނި ނަމެއްގައެވެ.
ދެވަަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އިންޑޮނޭޝިޔާއަށް ޖަޕާން ސިފައިން ވެރިވުމަށްފަހު، ހަނގުރާމައިގެ ކުށްވެރިޔަކަށް އަޅުގަނޑު ހަދައިފިއެވެ. ހަނގުރާމަ ހުއްޓި، އަޅުގަނޑަށް މިނިވަންކަން ލިބުމުން، 1946 ގައި އެނބުރި ރަށަށް ހިނގައްޖައީމެވެ. ރަށަށް ގޮސް އެމްސްޓެޑަމްގެެ ރޯޔަލް ޓްރޮޕިކަލް އިންސްޓިޓިއުޓްގައި ކިޔަވަައިދޭން ފަށައިފީމެވެ.
އެދުވަސްވަރު އިސްލާމްދީީނާބެހޭ ގައިޑްފޮތެއް، ޖާވީބަހުން ލިޔެދޭން އަޅުގަނޑު ގާތު އިންސްޓިޓިއުޓުން ބުނެފިއެވެ. މިގޮތުން އަނެއްކާވެސް އިސްލާމްދީނާއި އަޅުގަނޑާ ދެމެދު ޢިލްމީގޮތުން ގުޅުމެއް އުފެދިއްޖެއެވެ. އެކަމަށްޓަކައި ޔޫރަޕްގައި އިސްލާމްދީނާމެދު ޗާޕްކުރެވިފައިވާ ހުރިހާ ފޮތެއް އަޅުގަނޑު ކީމެވެ.
މިދެންނެވި ފޮތް ލިޔުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އިސްލާމްދީނުގެ ނަމުގައި އުފެދުނު ދަޢުލަތެއް ކަމުގައިވާ ޕާކިސްތާނާބެހޭ ދިރާސާއެއް ކުރުމަކީވެސް ކޮންމެހެން ބޭނުން ކަމެއް ކަމުގައި އަޅުގަނޑަށް ފެނުނެވެ. އަޅުގަނޑު ދަތުރު ތައްޔާރުކޮށްގެން 1954 ވަނަ އަހަރުގެ ކުރީކޮޅު ލާހޫރަށް ހިނގައްޖައީމެވެ. އެހާތަނާ ޖެހެންދެން އިސްލާމްދީނާމެދު އަޅުގަނޑުގެ މަޢުލޫމާތުގެ ޒަރީޢާއަކީ ޔޫރަޕިއަން ލިޓްރެޗަރެވެ. ނަމަވެސް، ލާހޫރަށް ދެވުމުން މުޅިން އެހެން ނަޒަރަކުން އިސްލާމްދީނާމެދު ބަލާނެ ފުރުޞަތު އަޅުގަނޑަށް ލިބުުނެވެ.
އެކަމުން އަޅުގަނޑުގެ ހިތާއި ސިކުނޑިއަށް ކުރި އަސަރުގެ ސަބަބުން، އަޅުގަނޑުގެ މުސްލިމް ރަޙްމަތްތެރީންނާއެކު ހުކުރަށްދާން އަޅުގަނޑު އެމީހުން ގާތު އެދިއްޖައީމެވެ. އެބައިމީހުން އެކަން ޤަބޫލުކުރީ، ނުހަަނު އުފަލާ އެކުގައެވެ. ހިތްހެޔޮކަމާ އެކުގައެވެ. އެހާތަނުން އިސްލާމްދީނުގެ މާތް މަތިވެރި އަގުތައް އަަޅުގަނޑަށް އޮޅުންފިލައްޖެއެވެ. އަޅުގަނޑުގެ ހަޔާތަށް ނުހަނު ޠާހިރު އިންޤިލާބެއް އަންނަން ފަށައިފިއެވެ.
އެއްދުވަހެއްގެ ހުކުރުނަމާދުގެ ފަހުގައި، ނަމާދަށް ގޮސްތިބި މީހުންނާާ މުޚާތަބު ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ދެވުމުން އެދުވަހުން ފެށިގެން އަޅުގަނޑަކީ މުސްލިމެއް ކަމުގައި އަޅުގަނޑަށް އިޙްސާސްވާން ފެށިއެވެ. އެދުވަހު ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ރަޙްމަތްތެރިންނާ މުޞާފަޙާކުރަަން އަޅުގަނޑަށް ޖެހުނެވެ. އެބައިމީހުންނަކީ އަޅުގަނޑާ ބީރައްޓެހި ބައެއްކަމުގައި ވުމާއެކުވެސް، އެބައިމީހުން ކީ ހޫނު މަރުޙަބާއިން ފާޅުވޭވޭހުރީ އެއްބަނޑު އެއްބަފާކަމުގެ ލޮއެބެވެ.
އޭގެފަހުން އެއްދުވަހު އަޅުގަނޑުގެ ރަޙްމަތްތެރިޔާ ތަންކޮޅެއް ކުޑަ މިސްކިތަކަށް އަޅުގަނޑު ގެންގޮސްފިއެވެ. އެ މިސްކިތުގައި ޚުޠުބާ ކީ ފަސޭހަކަމާއެކު، އިނގިރޭސިބަހުން ވާހަކަދެއްކޭ މީހެކެވެ. ޕަންޖާބު ޔުނިވަރސިޓީގެ މުހިންމު މަޤާމެއްގައިހުރި މީހެކެވެ. އޭނާ ނަމާދަށް ތިބި މީހުން ގާތު ބުނީ އެދުވަހުގެ ޚުޠުބާގައި ތަންކޮޅެއް ގިނައިން އިނގިރޭސިބަސް ބޭނުންކުރި ސަބަބަކީ، ނެދެލެންޑެވެ ކިޔާ ދުރު ރަށަކުން އައިސްހުރި އެބައިމީހުންގެ އަޚަކަށް އިސްލާމްދީނާމެދު މަޢުލޫމާތު ޙާޞިލު ކުރެވޭނެގޮތް ހެދުމަށްޓަކައި ކަމަށެވެ.
ޚުޠުބާ ނިމުމަށްފަހު އިމާމުގެ ފަހަތުގައި ދެ ރަކުޢަތް ނަމާދެއް ކުރެވުނެވެ. އޭގެފަހުން ބައެއްމީހުން ވަކި ވަކީންވެސް ނަމާދެއް ކުރިއެވެ.
އަޅުގަނޑު ތެދުވެގެން މިސްކިތުން ނިކުންނާން އުޅެނިކޮށް ޚަޠީބު (މީހުން އޭނައާ މުޚާތަބުކުރަނީ ޢަައްލާމާ ޞާޙަބުގެ ނަމުންނެވެ.) އަޅުގަނޑާ މުޚާޠަބު ކުރައްވާ ވިދާޅުވީ، ނަމާދަށް ގޮސްތިބި މީހުން އަޅުގަނޑު ކޮންމެވެސް ވާހަކަކޮޅެއް ދައްކާލަން އެދޭކަމަށެވެ.
މައިކްރޯފޯނުގެ ކަައިރިޔަށް ގޮސް އަޅުގަނޑު ޚިޔާލު ފާލުކުރަން ފަށައިފީމެވެ. އަޅުގަނޑު ވާހަކަދައްކަަމުން ގެންދިޔައީ އިނގިރޭސި ބަހުންނެވެ. ޢައްލަމާ ޞާޙަބު އަޅުގަނޑުގެ ވާހަކަ، އުރްދޫބަހުން ތަރުޖަމާ ކުރައްވަމުން ގެންދެވިއެވެ.
އަޅުގަނޑު ބުނީމެވެ. "އަޅުގަނޑު މިއައީ މުސްލިމުން ވަރަށް މަދުން ދިރިއުޅޭ ޤައުމަަކުންނެވެ. އަޅުގަނޑު އެތާނގައި ދިރިއުޅޭ މުސްލިމުންގެ ފަރާތުންނާއި، ޚުދު އަޅުގަަނޑުގެ ފަރާތުން ތިޔަަބޭފުޅުންނަށް ސަލާމާއި ހެޔޮދުޢާތައް ފޮނުވަމެވެ. ތިޔަބޭފުޅުންނަކީ މިނިވަންކަން ފުރިހަަމަޔަށް ލިބިގެންވާ އަމިއްލަ އިސްލާމީ ދައުލަތެއްގެ އަހުލުވެރީންނެވެ. މި ޤައުމު ވަނީ ވޭތުވެދިޔަ ހަތް އަަހަަރު ދުވަހުގެ ތެރޭގައި ވަަރަށް ބޮޑަށް ހަަރުދަނާވެފައެވެ. މާތް ﷲ ގެ އިރާދަފުޅާއެކު ތިޔަބޭފުޅުންގެ ޤައުމުގެ ކުރިމަތީގައިވަނީ ވަރަށް އަަލި މުސްތަޤްބަލެކެވެ. އަޅުގަނޑު ރަށަށް ގޮސް ޕާކިސްތާނުން އަަޅުގަަނޑަށް ލިބުނު އަގުނުކުރެވޭފަދަ މެހެމާންދާރީއާއި، ލޯތްބާއި، އިޚްލާޞްތެރިކަން ބަޔާންކޮށްދޭނަމެވެ."
މި ލަފުޒުކޮޅު އުރްދޫބަަހުން ތަރުޖަމާ ކުރެވުމުން ފެނިގެން ދިޔައީ އަޖައިބުވެ އަންތަރީސްވާފަދަ މަންޒަރެކެވެ. ނަމާދަށް އަައިސްތިބި އެތަައްބަޔަކު އާދަޔާ ޚިލާފު ޝައުޤުވެރިކަމާއި ނިހާޔަތުގެ ލޯތްބާއެކު އަޅުގަަނޑާ ދިމާލަށް އަތުވެއްޖެއެވެ. އެބައިމީހުންގެ މޫނުތަކުން ވިދަ ވިދާ ހުރީ އިޚްލާޞްތެރިކަމާއި ލޯބީގެ ނޫރެވެ. އެބައިމީހުންގެ ލޯތަކުން ފާޅުވާ އެއްބަނޑު އެއްބަފާކަމާއި، އެއްބައެއްވަންތަަކަމުގެ ދޯދިތައް އަޅުގަނޑުގެ ހިތާއި ސިކުނޑި ފަހަނަޅައި އަޅުގަނޑުގެ ރޫޚާ އެކުވެގެން ހިނގައްޖެއެވެ. އަޅުގަނޑަށް ލޮލުންދެކެ އަތުން ހިފުނީ، އިސްލާމީ އުޚުއްވަތަކީ ދުނިޔޭގައިވާ އެންމެ ގަަދަފަދަަ ގުޅުންކަަމެވެ. ތެދުތެދަށް ދަންނަވާނަމަ، އެދުވަހު އަޅުގަނޑަށް ލިބުނު އުފަލުގެ ހައްދެއް ނެތެވެ.
ޕާކިސްތާނުގެ މުސްލިމުން އަޅުގަނޑަށް ސާބިތުކޮށްދިނީ، އިސްލާމްދީނަކީ ހަމައެކަނި ޤާނޫނުތަކެއް ނޫންކަމެވެ. އަދު ކީއްތޯއެވެ؟ ހިނގަ ހިނގާ ހުރި ލޯބީގެ ޒަމްޒަމް އާރެއްކަމެވެ. ފެންބޮވައިގެންފައިވާ ރޫޙުތައްް އެ ކޯރުން އަނގަހިއްކުން ފިލުވައިދެއެވެ. ވިރާނަވެފައިވާ ހިތްތަަކުގައި ބަހާރު މޫސުމުގެ މާތައް ފަރިކޮށް ފޮޅުވައެވެ. އިސްލާމްދީނަކީ މަތުވެރި އަޚްލާޤީ އަގުތަކުގެ ރީތި ގުލްދަަސްތާއެކެވެ. ކޮންމެ މުސްލިމަކަށް އެންމެ ފުރަތަމަ ހަދިޔާކުރެވުނީ، އެ ގުލްދަސްތާއިންނެވެ. އީމާނާއި ޢިލްމުގެ އަލިކަން އަޅުގަނޑުގެ ހިތާއި ސިކުނޑިއަށް އަލިކޮށްދިނުމުން، އަޅުގަނޑު އިސްލާމްދީން ގަބޫލުކުރިކަން އިޢުލާންކޮށްފީމެވެ.
ދެން އަޅުގަނޑު މި ބަޔާން ކުރަނީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން އަޅުގަނޑަށް އެެންމެ ބޮޑަށް އަސަރުކުރުވީީ ކޮންކޮން އުޞޫލުތަކެއްކަަމެވެ.
- އިސްލާމްދީން ގޮވާލަނީ އެންމެ މަތިވެރި ޒާތުފުޅަކީ ހަމައެކަނި މާތް ﷲ ކަމަށް އިޤްރާރުވުމަށެވެ. މި ނަޒަރިއްޔާއަކީ އެންމެ އާދައިގެ ވިސްނުމެއް ގެންގުޅޭ މީހަކަށްވެސް އުނދަގުުލަކާނުލާާ ވިސްނައިގަނެވޭފަދަ ފިޠުރަތާ ގުޅޭ ނަޒަރިއްޔާއެކެވެ. މާތް ﷲ އެހެން އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެނެއް ނުވެއެވެ. ހުރިހާ ޚަލްޤުތަކުން ވަނީ އެކަލާނގެ ރަސްކަންފުޅަށް ބޭނުންވެގެންނެވެ. އެކަލާނގެ ރަސްކަންފުޅަށް އަރާއަރަފޯދޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އެކަލާނގެއީ ޙިކްމަތްވަންތަކަމާއި، ގަަދަކީރިތިވަންތަަކަމާއި، ހުރިހާ ފުރިހަަމަ ކަަމެއްގެ މަންބަޢެވެ. އެކަލާނގެއީ ނުހަނު އޯގާވަންތަ، ނުހަނު ދީލަތިވަންތަ ރަސްކަލާނގެއެވެ.
- އެކަލާނގެ އުފަައްދަވާފައިވާ ކާއިނާތާއި އެކަލާނގެ މަޚްލޫޤުތަކާއި އެކަލާނގެ އެންމެ މާތް މަޚްލޫޤުކަމުގެ ޝަރަފު ދެއްވާާފައިވާ އިންސާނާއާ ދެމެދު ވަނީ ސީދާ ގުޅުމެކެވެ. އިންސާނަކު އެކަލާނގެ ހަޟްރަތަށް ކުއްތަންވުމަަށް އެހެން ފަރާތެއް މެދުވެރިކުރާކަށް ނުޖެހެއެވެ. ކްރިސްޓިއަން ދީނުގައި އޮންނަ ފަދައިން، ފާދިރީންގެ މެދުވެރިކަމެއް އިސްލާމްދީނަކު ނެތެވެ. އިިސްލާމްދީން ބަޔާންކުރާ ގޮތުގައި، އިންސާާނާ އުފައްދަވާފައިވަނީ އޭނާގެ ޢަމަލުތަކުގެ އިޚްތިޔާރު ދެއްވާފައެވެ. މިދުނިޔެއަކީ އޭނާގެ އިމްތިޙާނުގެ ގޮވަައްޗެކެވެ. އޭނާ އާޚިރަތަށްޓަކައި ގޮވާންކުރަން އޮތް ދަނޑުބިމެެވެ. އެމީހަކު ކުރި ރަނގަޅުކަމަކާއި ނުބައިކަމެއްގެ ޒިންމާ އުފުލަންޖެހޭނީ ޚުދު އެމީހެކެވެ. އަނެކެއްގެ ޤުރުބާނީއަކުން ތިމާއަށް ލިބޭނެ އެއްވެސް ލާބައެއް ނޯންނާނެއެވެ.
- "ދީނުގައި މަޖުބޫރުކަމެއް ނެތެވެ." "ކޮންމެ ތަނަކުން އެބަަހެއްގެ އަޑު އިވުނުކަމުގައި ވިޔަސް، ތެދުބަހެއް ކަަމުގައި ވާނަމަ ޤަބޫލުކުރާށެވެ." އިސްލާމްދީނުގައިވާ މިފަދަ މަތިވެރި އުޞޫލުތަކުގައި އެވާ ތަޢައްޞުބެއް ނެތުމާއި، ތެދު ޤަބޫލުކުރުމުގެ ޖައުހަރަކީ، ދުނިޔޭގެ އެހެން އެއްވެސް ދީނަކުން އޭގެ މިސާލެއްވެސް ފެންނަ ކަމެއް ނޫނެވެ.
- އިސްލާމްދީން އިންސާނުންގެ މެދުގައި އުފައްދާ އެއްބަނޑު އެއްބަފާކަަމުގެ ގުޅުމަކީ ނަަސަބާއި، ކުލައާއި، ދިރިއުޅޭ ސަރަޙަައްދުުގެ ގުޅުމަަށްވުރެ މާ މަތިވެރި ގުޅުމެކެވެ. މިފަދަ ގުޅުމެެއް ޤާއިމްކޮށް، ޢަމަލީ ގޮތުން އެކަން ދުނިޔެއަށް ދެއްކި ދީނަކީ، ހަމައެކަނި އިސްލާމްދީނެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، ކޮންމެ މުސްލިމަކު ދެކެނީ، އަނެއް މުސްލިމަަކީ ތިމާގެ އަޚެއް ކަމުގަައެވެ. މާތް ﷲ ގެ ހަޟްރަަތުގައި އެންމެހާ އިންސާނުންނަކީ ހަމަހަމަ ބައެކެވެ. އޭގެ އެންމެ ރީތި، ހިތްއުފާކުރުވަަނިވި މަންޒަރެއް ހާމަކޮށްދެނީ، ޙައްޖަަށް އިޙްރާމް ބަނދެގެން ތިބޭއިރުއެވެ.
- އިސްލާމްދީން ރޫޙާއެކު މާއްދާގެ އަހަންމިއްޔަތުވެސް ޤަބޫލުކުރެއެވެ. އިންސާނާގެ ވިސްނުމާއި އޭނާގެ ރޫޙާނިއްޔަތު ކުރިއަަރައި ތަރައްޤީވުމަކި އޭނާެ ޖިސްމާނީ ބޭނުންތަކާ ލާމެހިފައިވާ ކަމެކެވެ. އޭނާ ދިރިއުޅުމުގަައި އިޙްތިޔާރުކުރަންޖެހޭނީ، އޭނާގެ ފުރާނަޔާއި ހަށިގަަނޑުއޭގެ ދާއިރާގައި ތަރައްޤީވަމުން ދާނެ ގޮތެވެ.
- ރާއާއި، އެނޫންވެސް މަސްތުވާތަކެތި ޙަރާމްކަމުގައި ކަނޑައަޅާފައިވާކަމީ، އޭގެ މަަތިވެރި އަސަރުން އިސްލާމްދީން އެހެނިހެން ދީންތަކަށްވުރެ އެތަކެއް މަރުޙަލާ ކުރިޔަށް އަރުވާ ކަމެކެވެ.
(ޢަބްދުޑ ފާރޫޤް ޙަސަން، "އަހަރެން ހިޔާރުކުރީ އެންމެ މާތް ދީން")
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް