ދީނީ ސުވާލު މުބާރާތް: ކޮންމެ ދުވަހަކު 1000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ލިބިގެންދާނެ

ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ. 1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާ...

27 May 2017 | 03:03

ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.

1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާއި ހަމައަށް ތަފާތު ކަންތައްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުވެސް ރަމަޝާން މަހު ކުރިއަށް ގެންދެވޭ އެއް ސެގްމެންޓަކީ ދީނީ ސުވާލު މުބާރާތް، މި ސެގްމެންޓެވެ.

މި ސެގްމެންޓަކީ ރޯދަ ސަލަފާއެކު މި ސެގްމެންޓްގެ ދަށުން ކުރިއަށްގެންދެވޭ ސުވާލު މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ސުވާލެއް ގެނެސްދެވޭނެ އެވެ. މި ސުވާލު މި ނޫހާއި ޖަމިއްޔަތުއްސަލަފްގެ ވެބްސައިޓާއި ޖަމިއްޔަތުއްސަލަފްގެ ފޭސްބުކް ޕޭޖުން ކުރިއަށްގެންދެވޭނެ އެވެ. ކޮންމެ ދުވަހަކުވެސް ރަނގަޅު ޖަވާބު ފޮނުއްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް 1000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ލިބިގެންދާނެ އެވެ. މި ގިފްޓް ވައުޗަރ އަކީ ބަނޫން ފިހާރައިން މި ސެގްމެންޓަށް ހަދިޔާކުރާ ގިފްޓްވައުޗަރ އެކެވެ. މި ސުވާލު މުބާރާތުން އެއް ވަނައަށް އަންނަ ފަރާތަކަށް 3000 ރުފިޔާ އަދި ދެވަނައަށްދާ ފަރާތަކަށް 2000 އަދި ތިންވަނައަށްދާ ފަރާތަކަށް 1000 ރުފިޔާ ލިބިގެންދާނެ އެވެ.

މި ރޯދަމަހު ދުވަހުން ގެނެސްދޭ މި ސެގްމެންޓަކީ ކިޔުންތެރީންނަށް ކަމުދާނެ ސެގެމްނެޓަކަށް ވާނޭ ކަމުގައި އުންމީދު ކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް