ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.
1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާއި ހަމައަށް ތަފާތު ކަންތައްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުވެސް ރަމަޝާން މަހު ކުރިއަށް ގެންދެވޭ އެއް ސެގްމެންޓަކީ ރޯދަ ސަލަފާއެކު، މި ސެގްމެންޓެވެ.
މި ސެގްމެންޓަކީ ޖަމިއްޔަތުއް ސަލަފާއި މި ނޫހާއި ގުޅިގެން، އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދެވޭ ސެގްމެންޓެކެވެ. މި ސެގްމެންޓްގައި ކޮންމެ ދުވަހަކު ދީނީ އެކި ލިޔުންތައް ގެނެސްދެވޭނެ އެވެ. އިނާމެއްގެ ގޮތުގައި ކޮންމެ ދުވަހަކު 1000 ރުފިޔާގެ ވައުޗަރެއް ލިބޭ ސުވާލު މުބާރާތެއް ކުރިއަށް ގެންދެވޭނެ އެވެ. ޖަމިއްޔަތުއްސަލަފުން ރަމަޟާން މަހަށް ހާއްސަކޮށް މިސްކިތްތަކުގައި ކުރިއަށްގެންދާ ދަރުސްތަކާއި ބެހޭ މައުލޫމާތު ގެނެސްދެވޭނެ އެވެ. އަދި ދަރުސްތަކުގެ ހުލާސާ ވީޑިއޯވެސް ކިޔުންތެރީންނާއި ހަމައަށް ގެނެސްދެވޭނެ އެވެ.
މި ރޯދަމަހު ދުވަހުން ގެނެސްދޭ މި ސެގްމެންޓަކީ ކިޔުންތެރީންނަށް ކަމުދާނެ ސެގެމްނެޓަކަށް ވާނޭ ކަމުގައި އުންމީދު ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް