ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.
1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާއި ހަމައަށް ތަފާތު ކަންތައްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުވެސް ރަމަޝާން މަހު ކުރިއަށް ގެންދެވޭ އެއް ސެގްމެންޓަކީ ރޯދަ އެކި ރަށްރަށުން، މި ސެގްމެންޓެވެ.
މި ސެގްމެންޓަކީ ރާއްޖޭގެ އެކި ރަށްރަށުގައި މި ރަމަޟާން މަހު ކުރިއަށްގެންދެވޭ އެކި އެކި ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދުވަހުގެ ކިޔުންތެރީންނާއި ހަމައަށް ގެނެސްދިނުމަށް ކުރިއަށްގެންދެވޭނޭ ސެގްމެންޓެކެވެ. މި ސެގްމެންޓްގައި ރަށްރަށުގައި ހިންގާ ކުރިއަށްގެންދާ އެކި އެކި ހަރަކާތްތަކުގެ މައުލޫމާތު އަޅުގަނޑުމެންނާއި ހިއްސާ ކުރައްވާން ބޭނުންފުޅުނަމަ އެ މައުލޫމާތުތައް އަދި ފޮޓޯ އަޅުގަނޑުމެންގެ ހޮޓްލައިން 9770541 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
މި ރޯދަމަހު ދުވަހުން ގެނެސްދޭ މި ސެގްމެންޓަކީ ކިޔުންތެރީންނަށް ކަމުދާނެ ސެގެމްނެޓަކަށް ވާނޭ ކަމުގައި އުންމީދު ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް