ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.
1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާއި ހަމައަށް ތަފާތު ކަންތައްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުވެސް ރަމަޝާން މަހު ކުރިއަށް ގެންދެވޭ އެއް ސެގްމެންޓަކީ ރޯދަ އެކި ކަންކޮޅުތަކުން، މި ސެގްމެންޓެވެ.
މި ސެގްމެންޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ރޯދަމަހު ކުރަމުން އަންނަ ކަންކަމާއި އެ ގައުމުތަކުގައި ހިނގަމުން އަންނަ ތަފާތު ކަންކަމާއި ތަފާތު އެކި އެކި ރިޕޯޓްތައް ގެނެސްދެވޭނެ އެވެ. މި ސެގްމެންޓަކީ މިދިޔަ އަހަރުވެސް ކިޔުންތެރީންނާއި ހަމައަށް މި ނޫހުން ގެނެސްދީފައިވާ ސެގްމެންޓެކެވެ.
މި ރޯދަމަހު ދުވަހުން ގެނެސްދޭ މި ސެގްމެންޓަކީ ކިޔުންތެރީންނަށް ކަމުދާނެ ސެގެމްނެޓަކަށް ވާނޭ ކަމުގައި އުންމީދު ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް