ކުރުވާހަކަ: މި ރަމަޟާން މަހު ދުވަހުގެ ކުރު ވާހަކަތައް ތަފާތު ވާނެ

ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ. 1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާ...

26 May 2017 | 22:47

ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.

1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާއި ހަމައަށް ތަފާތު ކަންތައްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުވެސް ރަމަޝާން މަހު ކުރިއަށް ގެންދެވޭ އެއް ސެގްމެންޓަކީ ކުރުވާހަކަ، މި ސެގްމެންޓެވެ.

މި ސެގްމެންޓްގައި ދުވަހަކު މުޅީން އައު ކުރުވާހަކައެއް ޝާއިއު ކުރެވޭނެ އެވެ. މީގެ އިތުރުން މި އަހަރު ތަފާތު ގޮތަކަށްވެސް ކޮންމެ ދުވަހަކު ކުރުވާހަކައެއް ގެނެސްދެވޭނެ އެވެ. އެއީ އޯޑިއޯއާއި އެކުގަ އެވެ. ކިޔާލުމުގެ ބަދަލުގައި އަޑުއަހާލަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ރޯދަމަހު ދުވަހުން ގެނެސްދޭ މި ސެގްމެންޓަކީ ކިޔުންތެރީންނަށް ކަމުދާނެ ސެގެމްނެޓަކަށް ވާނޭ ކަމުގައި އުންމީދު ކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް