ހަމްޓީ އެންޑް ފްރެންޑްސް: ހެއްވާ މަޖާ ތަފާތު ވީޑިއޯތަކެއް

ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ. 1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާ...

26 May 2017 | 22:42

ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.

1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާއި ހަމައަށް ތަފާތު ކަންތައްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުވެސް ރަމަޝާން މަހު ކުރިއަށް ގެންދެވޭ އެއް ސެގްމެންޓަކީ ހަމްޓީ އެންޑް ފްރެންޑްސް، މި ސެގްމެންޓެވެ. މި ސެގްމެންޓަކީ ހެއްވާ މަޖާ ވީޑިތަކެއް ފެނިގެންދާނެ ސެގްމެންޓެކެވެ.

މި ސެގްމެންޓްގައި ކޮންމެ ދެ ދުވަހުން އެއް ދުވަހު އައު ވީޑިއޯއެއް ކިޔުންތެރީންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. މިއީ މިދިޔަ އަހަރުވެސް ދުވަހުގެ ކިޔުންތެރީންނާއި ހަމައަށް ގެނެސްދެވިފައިވާ ސެގްމެންޓެކެވެ. މިދިޔަ އަހަރު މި ސެގްމެންޓް ގެނެސްދީފައިވާނީ "ޖާންސްމޭޝް"ގެ ނަމުގަ އެވެ.

މިދިޔަ އަހަރުގެ ވީޑިއޯއެއް

މި އަހަރު މި ސެގްމެންޓްގެ ނަން ބަދަލުކޮށްފައިމިވަނީ މި އަހަރުގެ ވީޑިއޯތަކުގައި ޖާން ފެނިގެން ނުދާނެތީ އެވެ. މި އަހަރު ފެނިގެންދާނީ ކުރީ އަހަރުގެ ވީޑިއޯތަކުގައިވެސް ޖާން އާއެކު ފެނިގެންދިޔަ ހައްމާދު (ހަމްޓީ) އަދި އޭނާގެ އެކުވެރީންނެވެ.

މި ރޯދަމަހު ދުވަހުން ގެނެސްދޭ މި ސެގްމެންޓަކީ ކިޔުންތެރީންނަށް ކަމުދާނެ ސެގެމްނެޓެއް ކަމުގައި ވާނޭ ކަމުގައި އުންމީދު ކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް