ބާޒާރު މަތިން: ލޯކަލް މާރުކޭޓާއި މަސް މާރުކޭޓާއި ވަޅޯމަސް މާރުކޭޓުގެ އެންމެ ފަހުގެ އަގުތައް

ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ. 1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާ...

26 May 2017 | 22:28

ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.

1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާއި ހަމައަށް ތަފާތު ކަންތައްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުވެސް ރަމަޝާން މަހު ކުރިއަށް ގެންދެވޭ އެއް ސެގްމެންޓަކީ ބާޒާރުމަތިން، މި ސެގްމެންޓެވެ.

މި ސެގްމެންޓްގައި ކޮންމެ ދުވަހަކުވެސް ބާޒާރުމަތީގެ އެންމެ ފަހުގެ އަގުތަށް ގެނެސްދެވޭނެ އެވެ. އެގޮތުން ދުވަހުގެ ނޫސްވެރިން ކޮންމެ ދުވަހަކުމެ ދަތުރުވެރީންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓާއި ވަޅޯމަސް މާރުކޭޓަށް ގޮސް އެންމެ ފަހުގެ އަގުތައް ބަލައި އެ އަގުތަށް ދުހުގެ ކިޔުންތެރީންނާއި ހަމައަށް ގެނެސްދެމުން ދާނެ އެވެ.

މި ރޯދަމަހު ދުވަހުން ގެނެސްދޭ މި މައުލޫމާތަކީ ކިޔުންތެރީންނަށް ބޭނުންތެރި މުހިންމު މައުލޫމާތަކަށް ވާނޭ ކަމުގައި އުންމީދު ކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް