ދުވަހުގެ ކިޔުންތެރީންނަށް 1438 ވަނަ އަހަރުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.
1437 ވަނަ އަހަރުގެ ރަމަޝާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޝާން މަހުގައިވެސް މި ނޫހުން، ނޫހުގެ ކިޔުންތެރީންނާއި ހަމައަށް ތަފާތު ކަންތައްތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރުވެސް ރަމަޝާން މަހު ކުރިއަށް ގެންދެވޭ އެއް ސެގްމެންޓަކީ ދުވަހުގެ ރެސްޓޯރެންޓް، މި ސެގްމެންޓެވެ.
މި ސެގްމެންޓްގައި ކޮންމެ ދުވަހަކުވެސް ރާއްޖޭގެ މަޝްހޫރު ރެސްޓޯރެންޓަކާއި ބެހޭ މައުލޫމާތު ކިޔުންތެރީންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. މި ސެގެމެންޓް ކޮންމެ ދުވަހަކުވެސް ގެނެސްދެވޭނީ ހެނދުނު 10:00ގަ އެވެ. މި ސެގްމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ މައުލޫމާތު ސޯޝަލް މިޑިއާ ޕްލެޓްފޯމް، ފޭސްބުކްގައި ޝެއަރ ކޮށްގެން ދެބޭފުޅަކަށް ރޯދަވީއްލުމެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޕޯސްޓް ޝެއަރ ކުރުމަށް ހުޅުވާލާ ވަގުތަކީ ކޮންމެ ދުވަހެއްގެވެސް 10:00 އިން ފެށިގެން އެ ރެއެއްގެ 12:00 އާއި ހަމައަށެވެ. ރޭގަނޑު 12:00ގެ ފަހުން ޝެއަރ ކުރި ނަމަވެސް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނާނެ އެވެ. ޝެއަރ ކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތެއްގެ މައުލޫމާތު ޖެހިގެން އަންނަ ދުވަހެއްގެ ހެނދުނު 11:00ގެ ކުރިން އާއްމު ކުރެވޭނެ އެވެ. ގުރުއަތުލުން ކުރިއަށްގެންދާނީ ދެފުށްފެންނަ ގޮތަކަށެވެ.
މި ސެގްމެންޓްގެ ޕޯސްޓް ޝެއަރ ކުރަންވާނީ ޕްރައިވެސީ ޕަބްލިކަށް ސެލެކްޓް ކުރުމަށްފަހުގަ އެވެ. ޕްރައިވެސީ ޕަބްލިކް ނޫން ނަމަ ގުރުއަތުލުމުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ނުދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް