ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް އިމްރާން ދޫކޮށްލައިފި

ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ދޫކޮށްލަން ކްރިމިނަކް ކޯޓުން އަމުރުކޮށްފި އެވެ. އިމްރާން ދޫކޮށްލަން ކްރިމިނަލްކޯޓުން އަމުރުކޮށްފައި ވަނީ ބަންދާ މެދު ގޮތެއ...

27 May 2015 | 11:14

ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ދޫކޮށްލަން ކްރިމިނަކް ކޯޓުން އަމުރުކޮށްފި އެވެ.

އިމްރާން ދޫކޮށްލަން ކްރިމިނަލްކޯޓުން އަމުރުކޮށްފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހަޒިރުކުރުމުންނެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައިވާއިރު މީގެ ކުރިން 10 ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އަމުރުކޮށްފައި ވަނީ ފުލުހުންގެ ބަންދުން އިމްރާން ގޭ ބަންދަށް ބަދަލު ކުރުމަށެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގައި 10 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި އިމްރާން ބެހެއްޓުމަށް އަމުރުކޮށްފައި އޮތްއޮތުން ބާތިލްކޮށް އެ އަމުރުގައިވާ މުއްދަތަަށް އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކުރާ ކަމަށެވެ.

އިމްރާނުގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން 10 ދުވަސް އިތުރުކޮށްފައި ވަނީ، މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިއަދަށެވެ.

އެމައްސަލައާ ގުޅިގެން ހައިކޯޓުން ހުކުމްއިއްވައި ނިމުމާއެކު އިމްރާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކޮށްފައި ވަނީ އިމްރާން ބަންދުން ދޫކޮށްލުމަށާއި، ނަމަވެސް ރާއްޖޭން ބޭރުގެ އެއްވެސް ގައުމަކަށް ފުރައިގެން ނުދެވޭނެ ކަމަށެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް އިމްރާން ހައްޔަރުކޮށް މީގެ ކުރިން 15 ދުވަހުގެ މުއްދަތު ޖެހިމައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ، ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް