ދިވެހިރާޢްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާދެއްވި ކަން ހާމަކުރެއްވީ ޓުވީޓެއް މެދުވެރިކުރައްވައެވެ. ޓުވީޓުގައި ވިދާޅުވެފައިވަނީ ސަފީރު ކަމުން އިސްތިއުފާ ދިނުމަށް އޭނާ ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.
އިސްތިއުފާދެއްވުމުގެ ކުރިން އޭނާ ވަނީ ހައި ކޮމިޝަންގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާފަ އެވެ.
https://twitter.com/NIAfayaz/status/603494716647186432
ފަޔާޒު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ މިދިޔަ އޭޕްރީލު މަހުގެ 29 ވަނަ ދުވަހު އެވެ.
އޭނާ މީގެ ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވެ އެވެ. މެލޭޝިއާގެ ސަފީރު ކަމަށް ފަޔާޒު އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމުގެ މަގާމު ވެސް އަދާ ކުރައްވާފައި އެވެ.
ފަޔާޒު އިސްތިއުފާދެއްވާފައިމިވަނީ މިފަހަކަށް އައިސް ސަރުކާރުގެ ތެރެއިން ވަކި ކުރަމުންދާ ސިޔާސީ ބޭފުޅުންނާއި ފަޔާޒު އާއި ގާތް ގުޅުމެއް އޮންނަ ކަމަށް ވާދަހަކަ ދެކެވޭ ދުވަސްވަރެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް