އިމްރާން ގޭ ބަންދަށް ބަދަލުކޮށްފި

މި މަހުގެ އެކެއް ގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން ދެންމެ އަމުރުކޮށް...

27 May 2015 | 09:34

މި މަހުގެ އެކެއް ގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގައި 10 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި އިމްރާން ބެހެއްޓުމަށް އަމުރުކޮށްފައި އޮތްއޮތުން ބާތިލްކޮށް އެ އަމުރުގައިވާ މުއްދަތަަށް އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކުރާ ކަމަށެވެ.

އިމްރާނުގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން 10 ދުވަސް އިތުރުކޮށްފައި ވަނީ، މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.

އެމައްސަލައާ ގުޅިގެން ހައިކޯޓުން ހުކުމްއިއްވައި ނިމުމާއެކު އިމްރާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ދާދި ދެންމެއަކު އޭނާވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވިފައެވެ.

އިމްރާންގެ އިތުރުން އެ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރީ ޕޭޖީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދެވެ. މީގެ ތިން ދުވަސް ކުރިން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް