ރ. ވަންދޫގައި ގާއިމް ކުރަމުންދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ބައެއް މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
ރ. ވަންދޫގައި ގާއިމުކުރެވޭ އެސަރަޙައްދުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ޔޫޓިލިޓީ ސަރވިސަސް ބިލްޑިންގ އިމާރާތް ކުރުމަށާއި އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކޮށް ތެޔޮ ރައްކާކުރާ 2 ތާނގީ ހެދުމަށް ހަވާލުކޮށްފައިވަނީ ވީއަވަރ ޕްރައިވެޓް ލިމިޓެޑާއި އެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނީ މި ތިން ކޮންޓްރެކްޓްގެ ޖުމްލަ އަގު 6.27 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
އެންވަޔަރަންމަންޓް މިމިނިސްޓްރީން ބުނީ، ވަންދޫގައި ޤާއިމު މިކުރެވެނީ، ތިމާވެއްޓާއި ރައްޓެހި، އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދުވާލެއްގެ މައްޗަށް 40 ޓަނުގެ ކުނި މެނޭޖްކުރެވޭ ފެންވަރުގެ ފެސިލިޓީއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ގާއިމުކުރެވޭ މިފަދަ ފުރަތަމަ ފެސިލިޓީ ކަަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް