ޒަމާންތަކެއް ވަންދެން ދަން ޖައްސަލައިގެން މަރުގެ އަދަބު ދިނުން ޕާކިސްތާނުގައި ހުއްޓާލާފައި އޮތުމަށްފަހު އެކަން މިދިޔަ ޑިސެމްބަރު މަހުގައި އަލުން ފަށާފައިވާއިރު އިއްޔެވެސް ޕާކިސްތާނުގައި ދަންޖައްސައިގެން 11 ގައިދީއަކު މަރާލައިފި އެވެ.
ޕާކިސްތާނުގެ ނޫސްތަކުން ބުނާގޮތުން ދަންޖެއްސި 11 މީހުންގެ ތެރެއިން ދިހަ މީހަކު ދަންޖައްސާފައިވަނީ ޕަންޖާބް ޕްރޮވިންސްގެ އެކި ސަރަހައްދުތަކުގަ އެވެ. އަދި އަނެކަކު ދަންޖައްސާފައިވަނީ ބަލުޗިސްތާން ޕްރޮވިންސްގެ ޖަލެއްގަ އެވެ.
ޕާކިސްތާނުގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށުމާއެކު ޔޫރަޕިއަން ޔޫނިއަންއާއި އދ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކި އެކި ޖަމާއަތްތަކުން އަންނަނީ އެކަން އެގޮތަށް ނުކުރުމަށް ޕާކިސްތާނުގެ ކިބައިން އެދެމުންނެވެ.
އިންސާނީ ހައްގުތަކަމަށް މަސައްކަތްކުރާ ޖަމިއްޔައެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާގޮތުން ޕާކިސްތާނުގައި މަރުގެ ހުކުމް އިއްވާފައި 8000 އަށްވުރެ ގިނަ ގައިދީން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް