ގާޒާއިން އިޒްރޭލަށް ރޮކެޓް ހަމަލާއެއް ފޮނުވާލާފައިވާކަމަށް އިޒްރޭލުން ބުނެފި

ގާޒާއިން ފޮނުވާލި ރޮކެޓެއް އިޒްރޭލަށް އަމާޒުވެފައިވާކަމަށް އިޒްރޭލު ސިފައިން ބުނެފި އެވެ. އިޒްރޭލުން ބުނެފައިވަނީ އެ ރޮކެޓް ހަމަލާ އައީ ފަލަސްތީނުގެ ގާޒާސްޓްރިޕް ގެ ދެކުނު ފަރާތުން ކަމަށެވެ. ނަމަވެސް ...

27 May 2015 | 04:45

ގާޒާއިން ފޮނުވާލި ރޮކެޓެއް އިޒްރޭލަށް އަމާޒުވެފައިވާކަމަށް އިޒްރޭލު ސިފައިން ބުނެފި އެވެ.

އިޒްރޭލުން ބުނެފައިވަނީ އެ ރޮކެޓް ހަމަލާ އައީ ފަލަސްތީނުގެ ގާޒާސްޓްރިޕް ގެ ދެކުނު ފަރާތުން ކަމަށެވެ. ނަމަވެސް އެ ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ވެ އެވެ.

ގާޒާއިން އިޒްރޭލަށް މިފަދަ ހަމަލާއެއް ދީފައިވާކަމަށް ބުނާއިރު މީގެ ކުރިން 50 ދުވަހަށް ދިގުދެމިގެންދިޔަ ހަމަލާތައްވެސް އިޒްރޭލުން ގާޒާއަށް ދީފައިވަނީ ފަލަސްތީނުން އިޒްރޭލަށް ހަމަލާދޭކަމަށް ބުނެ އެވެ.

50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް