ޗައިނާގައި ކުރިއަށްދިޔަ ޕޮލިސް އޮފިސާސް ކޮންފަރެންސް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޗައިނާގައި ބޭއްވި ޕޮލިސް އޮފިސަރސް ކޮންފަރެންސް ނިމުމާއެކު ކޮންފަރެންސްގައި ބައިވެރިވެ ފުލުހުންނަށް ސެޓްފިކެޓް ދީފިއެވެ. ފުލުހުން ބުނީ މިމެއި މަހުގެ 6 ން 25 އަށް ޗ...

27 May 2015 | 03:51

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޗައިނާގައި ބޭއްވި ޕޮލިސް އޮފިސަރސް ކޮންފަރެންސް ނިމުމާއެކު ކޮންފަރެންސްގައި ބައިވެރިވެ ފުލުހުންނަށް ސެޓްފިކެޓް ދީފިއެވެ.

ފުލުހުން ބުނީ މިމެއި މަހުގެ 6 ން 25 އަށް ޗައިނާގެ ޔުނާން ޕޮލިސް އޮފިސަރސް އެކަޑަމީގައި ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ފުލުހުންގެ ސީނިއާ 20 އޮފިސަރަކު ބައިވެރިވި ކަމަށެވެ.

މި ސެމިނާ ނިމުމާއެކު ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިމެއި މަހުގެ 26 ވަނަ ދުވަހު ޔުނާން ޕޮލިސް އޮފިސާސް އެކަޑަމީގެ ކޮންފަރެންސް ސެންޓަރުގައެވެ. މިރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ޔުނާން ޕޮލިސް އޮފިސާސް އެކަޑަމީގެ ރައީސް ގުއޯ ބައޯ އެވެ.

20 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ކޮންސްފަރެންސްގައި ޗައިނާގެ ފުލުހުންގެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ލީޑާޝިޕް އަދި މެނޭޖްމަންޓާއި ޗައިނާގެ ޤާނޫނީ ނިޒާމާއި ޕޮލިސް ކޮމްބެޓް އެންޑް ކޮމާންޑް ފަދަ ބައިތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ޗައިނާ ފުލުހުންގެ އެކި މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަނުގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ޗައިނާ ސަރުކާރުގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެއިތުރުން މި ކޮންފަރެންސްގެ ތެރެއިން ވަނީ ތަފާތު މައުޟޫއުތަކަށް މަޝްވަރާކުރުމާއި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިދިޔަ އަހަރުވެސް ފުލުހުންގެ ޓީމެއް ޗައިނާގައި ހިންގި މިފަދަ ސެމިނާ އެއްގައި ބައިވެރިވެ ތަމްރީން ހޯދާފައިވާކަމަށެވެ. އަދި މިއީ ދިވެހި ފުލުހުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކުވެރި ޤައުމުތަކުގެ އެހީތެރިކަމާއެކު ފުލުހުންނަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް