މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވުނު ޗައިމްސް ސުކޫލުގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.
މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ 23 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް އެކަމަނާ ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ޖަލްސާގައި ޗައިމްސް ސްކޫލު ދަރިވަރުންގެ ފަރާތުން އެކަމަނާއަށް ހާއްސަ ކުރެހުމެއް ހަދިޔާ ކުރައްވާފައި ވެއެވެ.
ކުދިންނާ މުހާތަބުކޮށް އެކަމަނާ ވިދާޅުވެފައިވަނީ ހުރިހާ ކުދިންވެސް މައިންބަފައިނާއި މުދައްރިސުންގެ ހެޔޮ ބަސް އަހައިގެން ކިޔެވުމަށް ގަދަ އަޅާ މަސައްކަތް ކުރަން ވާނެިންބަފައިނާއި މުދައްރިސުންގެ ހޮކަމަށްށެވެ.
ދަރިވަރުންގެ ހިތުގައި އިސްލާމް ދީނަށްށާއި ޤުރުއާނަށް ލޯބި ޖެއްސުމަށް، އިސްލާާމް ދީނަށްށައި ޤުރުއާނަށް ލޯބިުމީ ތަރުބިއްޔަތެއްގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިންނަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކުދިންގެ ސްކްރީން ޓައިމް ވީހާވެސް މަދުކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
މުދައްރިއްސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކުރައްވާ އެކަމަށްޓަކައި އެކަމަނާ ވަނީ މުދައްރިސުންނަށް ޙާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް