މި ސަރުކާރުގައި ގަންފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާނެ: ވަޒީރު ފައިސަލް

ލ.އަތޮޅު ފޮނަދޫއާއި ގަން، ސިޓީއަކަށް މި ސަރުކާރުގައި ބަދަލުކޮށްދެއްވާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ލ. އަތޮޅުގައި ރޭގަ ބޭއްވުނު ރަސްމިއްޔާތެއްގައި ފައިސަލ...

27 Apr 2024 | 06:09

ލ.އަތޮޅު ފޮނަދޫއާއި ގަން، ސިޓީއަކަށް މި ސަރުކާރުގައި ބަދަލުކޮށްދެއްވާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގައި ރޭގަ ބޭއްވުނު ރަސްމިއްޔާތެއްގައި ފައިސަލް ވިދާޅުވެފައި ވަނީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވާ ދުވަސް ކަމުގައެވެ.

ނިމިދިޔައި މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ޕާޓީއަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވެފައިވަނީ، ހޮސްޕިޓަލްތަކާއި، ބޯހިޔާވެހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް މި ސަރުކާރުން ތަރައްގީކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ކައްދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ބަދަލުކޮށްދެއްވުމަށްވެސް ސަރުކާރުން ވަނީ ނިންމާފައި ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ލ.އަތޮޅުގައި ފަތުރުވެރިކަން ހިންގުމަށް ސަރުކާރުން ދަނީ ތައްޔާރީތަކެއް ވަމުން ކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ބޭރުގައި ބޭއްވޭ އިވެންޓުތަކުގައިވެސް މިކަމާއި ގުޅިގެން މަޝްވަރާ ކުރަމުންދާ ކަން ފައިސަލް ފާހަގަ ކުރިއެވެ. އެގޮތުން ވަން އައިލެންޑް ކޮންސެޕްޓަށް 4 ރިސޯޓެއް ގާއިމް ކުރުމަށް މަސައްކަތްތައް ކުރަމުން ދާކަމުގައި ފައިސަލް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ދުބާއީގެ އިވެސްޓަރެއްގެ ކުންފުންޏާއެކު މަޝްވަރާކޮށް އެއަތޮޅުގެ ރަށެއް ފަތުރުވެރިކަން ފުޅާކުރުމަށް ކުޔަށް ދިނުމަށް ނިންމާފައިވާކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްގީ ވެފައިވާ ސިޓީއަކަށް ގަން، ފޮނަދޫ ސިޓީ ރައީސުލްޖުމްހޫރިޔާ މުޢިއްޒު ސަރުކާރުގައި ވެގެން ދާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް