ފާއިތުވި 24ގަޑިއިރު އައްޑޫ ސިޓީއަށް ވާރޭވެހުނީ ރެކޯޑު އަދަދަކަށް

ފާއިތުވި 24 ގަޑިއިރު އައްޑޫ ސިޓީއަށް ވާރޭ ވެހިފައިވަނީ މި އަހަރަށް ބަލާއިރު މުޅި ރާއްޖެއިންވެސް ރެކޯޑު އަދަދަކަށް ކަމުގައި ދައްކައިފިއެވެ. އެގޮތުން އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް ...

27 Apr 2024 | 04:55

ފާއިތުވި 24 ގަޑިއިރު އައްޑޫ ސިޓީއަށް ވާރޭ ވެހިފައިވަނީ މި އަހަރަށް ބަލާއިރު މުޅި ރާއްޖެއިންވެސް ރެކޯޑު އަދަދަކަށް ކަމުގައި ދައްކައިފިއެވެ.

އެގޮތުން އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް ސ. ގަމަށް 167.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮޖިކަލް ޑާޓާ އިން ދައްކައެވެ.

މިއީ މި އަހަރު ރާއްޖޭގައި މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ މަތީ އަދަދެވެ. މިއަހަރު ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑުތަކުން ދައްކަނީ 12، 13 ޖަނަވަރީގައި މާލެ ސަރަހައްދަށެވެ. އެއީ 159.3 މިލިމީޓަރުގެ ވާރޭ އެވެ.

ފާއިތުވި 24 ގަޑިއިރު އައްޑޫ ސިޓީއަށް ވެހުނު ވާރެއަކީ މިއަހަރަށް ރެކޯޑު އަދަދެއް ނަމަވެސް 2015 ވަނަ އަހަރު 217 މިލިމީޓަރުގެ ވާރޭ ސ. ގަމަށް ރެކޯޑު ކުރެވުނު ކަމަށް މެޓުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް