އުމްރާ އަދި ހައްޖުގެ އަޅުކަން ނިމި އެނބުރި ގައުމަށްދާއިރު ޒަމްޒަމް ފެން ގެންދަން ބޭނުން ނަމަ ހަތަރު ކަމަކަށް ސަމާލުވުމަށް "ދަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓް" އިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ބުނެފައިވަނީ ލަގެޖުގެ ތެރެއަށް ޒަމްޒަމް ފެން ނުލުމަށް އިލްތިމާސްކުރާ ކަމަށާއި އޭގެ ބަދަލުގައި ފެންނާނޭހެން އަތުން ގެންދިއުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ޒަމްޒަމް ފެން ގަންނަންވާނީ ކަނޑައެޅިފައިވާ މައި ޕޮއިންޓްތަކުން ކަމަށެވެ. ގެންދިއުމުގެ ހުއްދަ އޮންނާނީ ކޮންމެ ހައްޖު، އުމްރާ ވެރިއަކަށް ފަސް ލީޓަރުގެ ފުޅިއެއްގެ މަގުން ކަމާއި އުމްރާ، ހައްޖު ރަޖިސްޓްރޭޝަންގެ ކޮޕީ ދައްކަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް