މީމު އެއާޕޯޓުގެ ރަންވޭގެ އޭބީސީ މަސައްކަތް ފަށައިފި

މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ އޭބީސީ މަސައްކަތްތައް ފަށައިފި އެވެ. މިކަން ހާމަކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ  މީމު އެއަރޕޯރޓް ތަރައްޤީ ކުރ...

27 Apr 2023 | 16:10

މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ އޭބީސީ މަސައްކަތްތައް ފަށައިފި އެވެ.

މިކަން ހާމަކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ  މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ އޭބީސީ މަސައްކަތްތައް 27 އޭޕްރީލް 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އަދި އަލިފާން ނިއްވާ އިމާރާތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 230.10 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް