ކުރިއަށް އޮތް ހަފްތާ ބަންދު މުޅި ރާއްޖެއަށް ވިއްސާރަވާނެ ކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު ހާމަކުރި ހަފްތާ ބަންދު މޫސުން ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަހު، އުތުރު، މެދުރާއްޖެ އަދި ދެކުނުގެ ރަށްތަކަށްވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ.
މި ހަފްތާ ބަންދު ވިއްސާރަކުރާނެ ކަމުގައި ލަފާކުރެވޭކަމުގައި މެޓުން ކުރިންވެސް ބުނެފައިވެއެވެ. މެޓުން ކުރިން ބުނެފައިވަނީ ފާއިތުވި ދެތިން ދުވަހު ރާއްޖެއަށް ވަރަށް ހޫނުގަދަވި ނަމަވެސް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް