އައިސީޓީ ދާއިރާގައި އަންހެންކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ދިރާގުން ގިނަ ގުނަ މަސައްކަތްތަކެއް

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ "ގާލްސް އިން އައިސީޓީ" ދުވަހެވެ. "އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ" (އައިސީޓީ) ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކޮށް އެކުދިން ...

27 Apr 2023 | 12:28

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ "ގާލްސް އިން އައިސީޓީ" ދުވަހެވެ. "އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ" (އައިސީޓީ) ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކޮށް އެކުދިން މި ދާއިރާގައި ބާރުވެރިކުރުވުމަށް ރާއްޖޭގެ މުވާސަލާތީ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ، ކުންފުނި ކަމުގައިވާ ދިރާގުން އަންނަނީ ކޮންމެ އަހަރަކުވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގާލްސް ޓު ކޯޑް

އެގޮތުން ފާއިތުވި އަހަރެއްހާ ދުވަހަށް ބަލާލާއިރު ދިރާގުން ކޮންމެ އަހަރަކު ގެންދަނީ "ގާލްސް ޓު ކޯޑް" ނަމުގައި ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.

  • 2019"ގާލްސް ޓު ކޯޑް" ހަރަކާތަކީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ޖަމިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
  •  ވަނަ އަހަރު ޏ. ފުވައްމުލަކުގައި، 2021 ވަނަ އަހަރު ގދ. ތިނަދޫގައި، 2021 ވަނަ އަހަރުގެ ފަހުކޮޅު ހދ. ކުޅުދުއްފުށީގައި އަދި މި ހިނގާ 2023 ވަނަ އަހަރުގެ ޖަނަވަރީ ގައި މި ސިލްސިލާގެ ލާމު އެޑިޝަން ކުރިއަށްގެންގޮސްފައިވެއެވެ.
  • "ގާލްސް ޓު ކޯޑް" މި ހަރަކާތް ދިރާގުން ކުރިއަށްގެންދަނީ ވިމެން އިން ޓެކް މޯލްޑިވްސް ޖަމިއްޔާއާއި ގުޅިގެންނެވެ.
  • ސިލްސިލާކޮށް ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މަގްސަދަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވާ މި މަސައްކަތަށް ވަނުމަށް ބާރުވެރިކުރުވުން ކަމުގައި ދިރާގުން ބުނެއެވެ.
  • 2019 ވަނަ އަހަރު ޏ. ފުވައްމުލަކުގައި، 2021 ވަނަ އަހަރު ގދ. ތިނަދޫގައި، 2021 ވަނަ އަހަރުގެ ފަހުކޮޅު ހދ. ކުޅުދުއްފުށީގައި އަދި މި ހިނގާ 2023 ވަނަ އަހަރުގެ ޖަނަވަރީ ގައި މި ސިލްސިލާގެ ލާމު އެޑިޝަން ކުރިއަށްގެންގޮސްފައިވެއެވެ.

އަވަރ އޮފް ކޯޑް

މިފަދަ އަނެއް ހަރަކާތަކީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މިދިޔަ އަހަރު ކުރިއަށްގެންދިޔަގެންދާ "އަވަރ އޮފް ކޯޑް" ޕްރޮގްރާމެވެ.

  • މިދިޔަ އަހަރުގެ މި ޕްރޮގްރާމްގައި ރާއްޖޭގެ 17 އަތޮޅަކުން 1000 އަށްވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައިވެއެވެ.
  • "އަވަރ އޮފް ކޯޑް" މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިންގ އަށް ތައާރަފްކޮށް، ކޮމްޕިއުޓަރ ސައިންސަށް ޝައުގުވެރިކަން އުފެއްދުމަށް ފޯރުކޮށްދިން ފުރުސަތެކެވެ.

ގާލްސް އިން ޑާޓާ

ދިރާގުން ކުރިއަށްގެންދާ މިފަދަ ތިންވަނަ ހަރަކާތަކީ "ގާލްސް އިން ޑާޓާ" ޕްރޮގްރާމެވެ.

  • މި ޕްރޮގްރާމްގެ ފުރަތަމަ ހަރަކާތް މިދިޔަ އަހަރުގެ މެއި މަހު ދިރާގުން ކުރިއަށް ގެންގޮސްފައިވެއެވެ.
  • އުމުރުން 10 އަހަރާއި 13 އަހަރާއި ދެމެދުގެ 25 ކުދިންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ އެ ހަރަކާތުގައި އެ ކުދިން މޯލްޑިވްސސް ނޭޝަލް ލައިބްރަރީއަށް ޒިޔާރަތްކޮށް ޑާޓާ ކަލެކްޝަންގެ ހަރަކާތްތައް ޕްރެކްޓިކަލީ ކުރިއަށް ގެންގޮސްފައިވެއެވެ.
  • ޑާޓާ ކަލެކްޝަން، ޑާޓާ ސައިންސަކީ މިހާރު ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ އެއް ސިނާއަތްކަން ފާހަގަކޮށްލަން ޖެހެއެވެ. މި ހަރަކާތްވެސް ދިރާގުން ކުރިއަށްގެންގޮސްފައިވަނީ ވިމެން އިން ޓެކް ޖަމިއްޔާއާއި ގުޅިގެންނެވެ.

"ނެކްސްޓް ޖެން ގާލްސް" ވާރޗުއަލް އިނޮވޭޝަން ޓުއަރ

ވިމެން އިން ޓެކް މޯލްޑިވްސް، މޯލްޑިވެސް މޮނެޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން

  • "ގާލްސް އިން އައިސީޓީ" ދުވަސް ފާހަގަކުރުމަށް ބާއްވާ މި އިވެންޓްގައި ދިރާގުން މިއަހަރުވެސް ވަނީ ބައިވެރިވެފައެވެ.
  • އެގޮތުން މި އަހަރުގެ ޝިއާރު ކަމަށްވާ ަކީ "ޑިޖިޓަލް ސްކިލްސް ފޯރ ލައިފް" އާއި ގުޅުވައިގެން ދިރާގުން ވަނީ ޕްރޮޑަކްޓެއް މާރކެޓެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތަށް އަލިއަޅުވާލާ ސެޝަންއެއް ކުރިއަށްގެންގޮސްފައެވެ.

ދިރާގުން މި ހިނގާ 2023 ވަނަ އަހަރުވެސް "ގާލްސް އިން އައިސީޓީ" ދާއިރާގެ އިތުރު ހަރަކާތްތައް ކުރިއަށްގެންދަން ރާވާފައިވެއެވެ. އައިސީޓީ ދާއިރާއިން އަންހެން ދަރިން ބާރުވެރި ކުރުވުމުގައި ދިރާގުން ކުރަމުން އަންނަނީ ތައުރީފު ހައްގު، ނަމޫނާ މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް