ޝެފް މަހާ ކޮންޓިނެންޓަލް ޖަޖް އަކަށް

ބައިނަލްއަޤްވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) އިން ޝެފް މަހާ ނަސީރު ކޮންޓިނެޓަލް ޖަޖްއަކަށް ސެޓިފައި ކޮށްފި. ވެކްސް އިން މަހާ ކޮންޓިނެޓަލް ޖަޖްއަކަށް ސެޓިފައި ކ...

27 Apr 2023 | 12:16

ބައިނަލްއަޤްވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) އިން ޝެފް މަހާ ނަސީރު ކޮންޓިނެޓަލް ޖަޖްއަކަށް ސެޓިފައި ކޮށްފި.

ވެކްސް އިން މަހާ ކޮންޓިނެޓަލް ޖަޖްއަކަށް ސެޓިފައި ކޮށްފައިވަނީ ކަލިނަރީ ދާއިރާގެ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ޕްރޮގްރާމުތަކެއް ފުރިހަމަ ކުރުމުންނެވެ. ވެކްސް އިން ކޮންޓިނެންޓަލް ޖަޖުގެ ލަގަބު މިހާތަނަށް ދީފައި ވަނީ ފަސް ދިވެހިންނަށް އެކަންޏެވެ.

މަހާއަކީ މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ އެވެ. އަދި މަހާ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

މަހާ އަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ. އަދި ރާއްޖެއިން މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް