ފުރަތަމަ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ގޮސްފި

މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމައި ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ގޮސްފި އެވެ. މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. މިއީ މަޖިލީހުގ...

27 Apr 2023 | 09:35

މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމައި ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ގޮސްފި އެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. މިއީ މަޖިލީހުގެ މެމްބަރުންނަށް ލިބޭ އެންމެ ކުރި ޗުއްޓީ އެވެ.

މިއަދު މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ ޖަލްސާގައި ގިނަ މަސައްކަތްތަކެއް އެޖެންޑާ ކޮށްފައިވާއިރު، ކޮމިޓީތަކުން ހުށަހަޅާ ހަތަރު ރިޕޯޓެއްވަނީ އެޖެންޑާކޮށްފައެވެ. އެކަމަކު ވޯޓަށް އެހޭ ވަރަށް މަސައްކަތް ނިންމުނީ ދެ ރިޕޯޓެކެވެ.

މިއަދު ވޯޓަށް އަހާފައިވަނީ ކުޅިވަރު ބިލު ބަލައިގަތުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވި މައްސަލައެވެ. ނައިބް ރައީސް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. ކުޅިވަރު ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރެއްވުމަށް ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.

މިދައުރުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް