މޫސުުން ގޯސްވާނެ ކަމަސް ލަފާކޮށް ހަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެލާޓު ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 2:00 ން ރޭގަނޑު 7:00 އަށެވެ.
މެޓުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ހޫނު ގަދަ ދުވަސް ތަކަކަށް ފަހު މިއަދުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަން ފަށާނެ ކަމަށް މެޓުން ވަނީ ހާމަކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް