އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ދުވަހާ ގުޅިގެން ބީއެމްއެލުން ހާއްސަ ޕްރޮގްރާމެއް ފަށައިފި

އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމު ކަމާއި ގުޅޭ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ...

27 Apr 2023 | 08:48

އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމު ކަމާއި ގުޅޭ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮގްރާމަކީ މި ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ފުވައްމުލައް އަދި އައްޑޫ ސިޓީގައި ހަތަރު ދުވަހަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ބީއެމްއެލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޓީމުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވަނީ ޏ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ގައި ސައިބަރ ސެކިއުރިޓީ، ސްކޭމް އަށް ހޭލުންތެރިކުރުން، އައިސީޓީ އަދި ޑޭޓާ އިންޖިނިއަރިންގ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު 100 އަށް ވުރެ ގިނަ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ބީއެމްއެލް ޓީމުގައި ހިމެނޭ ޑޭޓާ އިންޖިނިއަރސް، ސޮފްޓްވެއާ ޑިވެލޮޕަރސް، ޔޫއައި/ޔޫއެކްސް ޑިޒައިނާޒް އަދި ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓުން ވަނީ ސްކޫލް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އަދި މެންޓަރޝިޕް ސެޝަންތަކެއްވެސް ކުރިޔަށްގެންގޮސްފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ އައިޓީ ޓީމުން ފުވައްމުލަކު ބްރާންޗް، ގަން ބްރާންޗު، ހިތަދޫ ބްރާންޗް އަދި އައްޑޫގައި ހުންނަ ބީއެމްއެލް ކޯލް ސެންޓަރ އަށް ޒިޔާރަތްކޮށް މި ބްރާންޗް ތަކުގައާއި ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއެކު އެންމެ ފަހުގެ ސިސްޓަމް ޕްރޮސެސްތަކާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ބަދަލު ގެނެވޭނެ ކަންކަން ފާހަގަކޮށް މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް