އާލިއާ ގެއެއް ގަނެލައި، ދައްތައަށް ދެ އެޕާޓްމެންޓު ގަނެދީފި

ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް މިހާރު ހޯދަމުންދާ ބަތަލާ އާލިއާ ބަޓް އިންޑިއާގެ މުމްބާއީން ގެ އެއް ގަނެލައި، އެއްބަނޑު އެއްބަފާ ދައްތައަށް ދެ އެޕާޓްމެންޓު ގަނެދީފި އެވެ. އާލިއާގެ ދައްތަ އަކީ ޝަހ...

27 Apr 2023 | 08:28

ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް މިހާރު ހޯދަމުންދާ ބަތަލާ އާލިއާ ބަޓް އިންޑިއާގެ މުމްބާއީން ގެ އެއް ގަނެލައި، އެއްބަނޑު އެއްބަފާ ދައްތައަށް ދެ އެޕާޓްމެންޓު ގަނެދީފި އެވެ.

އާލިއާގެ ދައްތަ އަކީ ޝަހީން ބަޓެވެ. އާލިއާ އާއިލާގެ މީހުންގެ ތެރެއިން އެންމެ ލޯބިވާ މީހަކީ ޝަހީންނެވެ. ޝަހީން އަކީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން މަޝްހޫރު އެ އާއިލާގައި މާބޮޑަށް ކުރިއަރައިގެން ދިޔަ މީހެއް ނޫނެވެ.

ރިޕޯޓުތައް ބުނާގޮތުގައި 2،400 އަކަފޫޓުގެ ގެ އާލިއާ ގަތީ 37.80 ކްރޯޑް އިންޑިއަން ރުޕީސްއަށެވެ. އެ ގެ ގަނެފައިވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސްގެ ނަމުގައި މި މަހުގެ 10 ވަނަ ދުވަހު އެވެ.

މުމްބާއީގެ ޕާލީ ހިލްއަށް ނިސްބަތްވާ އެ ގެ ގަތުމަށް އާލިއާ 2.26 ކްރޯޑް ރުޕީސްގެ ޓެކްސްވެސް ދެއްކި އެވެ.

ޝަހީންއަށް އާލިއާ ގަނެދެނީވެސް ހަމަ އެ ދުވަހު އެވެ. 7.68 ކްރޯޑް ރުޕީސްގެ އަގުބޮޑު އެ ދެ އެޕާޓްމެންޓު ގަނެދިނީ މުމްބާއީގެ ޖޫހޫ އިންނެވެ. ދެ ހާސް އަކަފޫޓުގެ އެ ދެ އެޕާޓްމެންޓު ގަތުމަށް ޓެކްސްގެ ގޮތުގައި އާލިއާ 30.75 ލައްކަ ރުޕީސް ދައްކާފައިވެ އެވެ.

އާލިއާ މިހާރު ދިރިއުޅޭ ފިރިމީހާ ރަންބީރު ކަޕޫރުގެ ގެ ހުންނަނީވެސް މުމްބާއީގެ ޕާލީ ހިލްގައި އެވެ.

މީގެ އިތުރުން ދެމީހުންގެ އަށް ފަންގިފިލާ ހިމެނޭ ހުވަފެނީ ގެއެއް ދަނީ މުމްބާއީގައި އިމާރާތް ކުރަމުންނެވެ. އެ ގޭގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގުނު ނަމަވެސް ވަރަށް ގިނައިން ދެމަފިރިން ގޭގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލަން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް