މަސް ދޯންޏެއްގައި ގޭސް ފުޅިއެއް ގޮވައި ހަތަރު މީހުން ފިހިއްޖެ

މަސް ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު މީހަކު ފިހިއްޖެ އެވެ. މި ހާދިސާ ހިނގީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ "ހަނޑަ" ނަމަކަށް ކިިޔާ ދޯންޏެއްގައި ކަމަށެވެ. މިހާދިސާ ހިނގީ ދޯނި ގދ. އަތޮޅު ހިމެނޭ ސ...

27 Apr 2023 | 06:08

މަސް ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު މީހަކު ފިހިއްޖެ އެވެ.

މި ހާދިސާ ހިނގީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ "ހަނޑަ" ނަމަކަށް ކިިޔާ ދޯންޏެއްގައި ކަމަށެވެ. މިހާދިސާ ހިނގީ ދޯނި ގދ. އަތޮޅު ހިމެނޭ ސަރަހައްދުގައި އޮއްވަ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ގޭސްފުޅި ގޮވީ ރޭ ފަތިހު ރޮށިފިހަން ތިއްބަ ހޮޅިން ގޭސް ލީކުވެގެންނެވެ.

މި ހާދިސާގައި ފިހުނު ހަތަރު މީހުންނަށް ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައި އެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 2 ދިވެހިންނާއި 2 ބިދޭސީންނަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމީހުންގެ ހަށިގަނޑުން ފިހުރު ވަރެއް އަދި ސާފެއް ނުވެ އެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފުން އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް