ވިސާއާ ނުލައި ދިވެހިންނަށް ބުރުންޑީއަށް ދެވޭގޮތް ހަދައިފި

ވިސާއާ ނުލައި ދިވެހިންނަށް ބުރުންޑީ އަށް ދެވޭނެ ގޮތް ހަދައިފި އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިސާ އާއި ނުލައި ދިވެހިންނަށް އެ ގައުމަށް ދެވޭނެ އެއްބަސްވުމެ...

27 Apr 2023 | 05:03

ވިސާއާ ނުލައި ދިވެހިންނަށް ބުރުންޑީ އަށް ދެވޭނެ ގޮތް ހަދައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިސާ އާއި ނުލައި ދިވެހިންނަށް އެ ގައުމަށް ދެވޭނެ އެއްބަސްވުމެއްގައި ރާއްޖެއާއި ބުރުންޑީއާ ދެމެދު ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ސޮއި ކުރީ އެމެރިކާގެ ނިއުޔޯކްގައި އެވެ.

މިނިސްޓަރު ވިދާލުވީ ސޮއިކުރެވުނު މިއުޗުއަލް ވިސާ އެގްޒެމްޝަން އުފަލާއެކު ބަލައިގަންނަ ކަމަށެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހަސަންއެވެ.

މި އެއްބަސްވުމުގެ ސަބަބުުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހިނގާ މުއާމަލާތުތައް އިތުރުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި، 93 ގައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެއެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ބުރުންޑީގައި 12 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް