ހިތާދޫ ބަނދަރުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް ނިންމައިފި

ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދާ މަސައްކަތަކުގެ ތެރެއިން މިހާރު ހުރި ބަނ...

27 Apr 2023 | 04:59

ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދާ މަސައްކަތަކުގެ ތެރެއިން މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުލް ޝިޕްމަންޓް ސައިޓަށް ގެންދެވިފައިވާ ކަމަށް ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 4,101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުން ހިމެނެ އެވެ.

މަޝްރޫއު ނިމޭއިރު 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހަދާނެ އެވެ. އެމްޓީސީސީން މައުލޫމާތުދޭގޮތުގައި މަޝްރޫއު ނިމޭއިރު ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫޢަކީ 19.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް