އެމެރިކާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފުލުއެންޒާ އަދި މޮޑެލް ކިމް ކާޑޭޝަން އާއި އެންމެ ވައްތަރު މީހާ، ކްރިސްޓީނާ އެޝްޓަން ގޯކަނީ މަރުވެއްޖެ އެވެ.
އުމުރުން 34 އަހަރުގެ މޮޑެލް، ކްރިސްޓީނާ މަރުވީ ހޮސްޕިޓަލްގައި ފަރުވާއެއް ހޯދަމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކަމަށްވެ އެވެ. އޭނާ ހޮސްޕިޓަލްގައި ހޯދަމުން ދިޔައީ ކޮން ފަރުވާއެއް ކަމެއް އާއިލާއިން ހާމައެއް ނުކުރެ އެވެ.
ކްރިސްޓީނާގެ އާއިލާއިން ބުނީ އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބަލަން ބޭނުންވަނީ ކްރިސްޓީނާ މަރުވީ ސިއްހީ ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލަކުންތޯ ކަމަށެވެ.
ކްރިސްޓީނާގެ މަރާއި ގުޅިގެން ފާޑުކީ މީހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ ޕްލާސްޓިކް ސާޖަރީ ހަދަން އުޅުމުގެ ތެރޭގައި އޮޕަރޭޝަން ކާމިޔާބު ނުވެ އެވެ. އެހެން ނޫން ނަމަ ސިއްހީ ގޮތުން ރަނގަޅަށް ހުރި މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހެން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކިމް އާއި ވައްތަރުވާން ވެގެން މީގެ ކުރިންވެސް ކްރިސްޓީނާ ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނެސްފައި އެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ބޭސް ބޭނުން ކުރުމާއި ޕްލާސްޓިކް ސާޖަރީތައް ހަދާފައިވާ ކަަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މި ތުހުމަތުތަކަށް ކްރިސްޓީނާ ދުނިޔޭގައި އެއްޗެސް ބުނެފައި ނުވާއިރު މިހާރު އާއިލާއިންވެސް އެއްޗެއް ބުނަން ދަނީ ދެކޮޅު ހަދަމުންނެވެ.
ކްރިސްޓިނާ ވަނީ ކިމްއާ ވައްތަރުވާން ކުރި މަސައްކަތުގެ ސަބަބުން "އޮންލީފޭން" ގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް