ފިތުރު އީދު ބަންދުގެ ސެލެބްރޭޝަންތަކުގެ ތެރެއިން ޕާކިސްތާނުގައި އާއިލާތަކާއި، އޯގަނައިޒޭޝަންތައް އަދި ޕޮލިޓިކަލް ފަރާތްތަކުން ވަނީ ގަދަކަމުން ގެއްލުވާލާފައިވާ މީހުންގެ ހައްގުގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ.
މި މުޒާހަރާތަކުގައި އެތައް ހާސް ބައެއް ބައިވެރިވިއިރު، މީގެ އެކި މުޒާހަރާތައް ގިނަ ސިޓީ އަދިއެހެން ސަރަހައްދުތަކުގައި ކުރިއަށްދިޔައެވެ.
މި މުޒާހަރާތަކުގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައިވަނީ ސަރުކާރުގެ އިދާރާތަކުގެ ބައިވެރިވުމާ ނުވަތަ އިހުމާލުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމަށެވެ. އަދި ބަލޮޗިސްތާނުގައި އެކިއެކި ހައްގުތަކަށް ވަކާލާތު ކުރުމަށް މަގުތަކަށް ނުކުންނަ، ނުވަތަ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުން މިގޮތުން ގަދަކަމުން ނުގެއްލުވުމަށެވެ.
މި މުޒާހަރާތަކުގައި ބައިވެރިން އެންމެ ބޮޑަށް އަޑުއުފުލަމުން ދިޔައީ ސަރުކާރުގެ އެކި އިދާރާތައް އަޑީގައި ތިބެ، މިފަދައިން އެކި މީހުން ގަދަކަމުން ގެއްލުވާލުން ހުއްޓުވުމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަންވިޔަ ނުދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް މިހާރަށްވުރެ ބޮޑަށް މައްސަލަ ހޫނު ނުވަނީސް މުރާޖާކުރަން މުޒާހަރާގެ ބައިވެރިވިން ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް